ދިވެހިރާއްޖެ
އިޢުލާން
އެސިސްޓެންޓް ކައުންސިލް އޮފިސަރ މަޤާމްގެ A2 ޝީޓް ޢާންމުކުރުން
މިއިދާރާގެ ނަމްބަރު: (IUL)373-AD/INDIV/2022/1 ( 12 ޖަނަވަރީ 2022 ) އިއުލާނާއި ގުޅިގެން ދަރަނބޫދޫ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އޮފިސަރ މަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ A2 ޝީޓް އާންމުކޮށް އިޢުލާނު ކުރީމެވެ. މި A2 ޝީޓާއި ގުޅިގެން ޝަކުވާއެއް އޮތްނަމަ 2022 ފެބްރުވަރީ 08 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހެޅުމަށް އީ-މެއިލް ކުރާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ 6740015 ފޯނާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
07 ރަޖަބު 1443
08 ފެބްރުވަރީ 2022