Secretariat of the Dharan'boodhoo Council, North Nilandheatholhu
Maldives
ފ. ދަރަނބޫދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުން

Cancelled on 08 February 2022 14:45


އިޢުލާން

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުން

              ފ. ދަރަނބޫދޫ ބަންޑާރަބިމުން ގޯތި ބޭނުންވާ ފަރާތްތަކަށް ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުޞަޠު ހުޅުވާލައިފީމެވެ. މިފަހަރު ދަރަނބޫދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓްގެ 42 ގޯއްޗެވެ.

ގޯއްޗަށް އެދޭ މީހުންގެ ކިބައިގައި ހުންނަންވާ ޝަރުތުތައް:

-         ދިވެހިރައްޔިތެއް ކަމުގައިވުން.

-         މީލާދީ ގޮތުން ޢުމުރުން 18 ( އަށާރަ ) އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.

-         ދަރަނބޫދޫ ރަށްވެހިންގެ ރަޖިސްޓްރީގައި 2021 ޖެނުއަރީ 31 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވެފައިވާ، ދަރަނބޫދޫގެ ރަށްވެއްސެއް ކަމުގައިވުން.

-         ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން، ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ ބިމެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން.

-          އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ނުވަތަ ބިމެއް ތަރިކައިގެ ގޮތުގައި ނުވަތަ ހިބައިން ލިބިފައި ނެތުން އަދި އެބައެއް ނުވަތަ ބިމެއް ގޯތި ދޫކުރުމަށް އިޢުލާންކުރުމުގެ ކުރިން ދޫކޮށްލުން ނުވަތަ ބަންޑާރަ ގޯއްޗަކުން ތަރިކައިން ލިބެން އޮތްބައި ދޫކޮށްލަން އެއްބަސްވާ އިޤްރާރު ހުށަހެޅުން. މިދެންނެވި އިޤްރާރު ހުށަނާޅާ އެއްވެސް ފަރާތަކަށް ގޯތި ދޫނުކުރެވޭނެއެވެ.

-          ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފުލެޓެއް ލިބިފައިވާ މީހަކު އެބައެއް ނުވަތަ ފުލެޓެއް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ކުރިން ދޫކޮށްލުން

-          ސަރުކާރުން ރާވާ އިންތިޒާމްކުރާ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ދޫކުރާ ނުވަތަ މިލުކު ކުރާ ފުލެޓެއް ގޯތި ދޫކުރުމަށް އިޢުލާން ކުރެވޭ ދުވަހާއި ހަމައަށް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން..

-         ޢިމާރާތެއް / ފުލެޓެއް އަމިއްލަ ނަމުގައި އޮވެ، އެފަދަ އިމާރާތެއް / ފުލެޓެއް ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 02 ( ދޭއް ) އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން.

                ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން " ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު، 28 ފެބްރުވަރީ 2022 ވާ ހޯމަ ދުވަހުގެ 13.30 ގެ ކުރިން ގޯއްޗަށް އެދޭ ފޯމް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.   ގޯއްޗަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 13 ފެބްރުވަރީ 2022 ވާ އާދީއްތަ ދުވަހުން ފެށިގެން 28 ފެބްރުވަރީ 2022 ވާ ހޯމަ ދުވަހުގެ 13:30 ގެ ނިޔަލަށް  ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 13:30 ގެ ނިޔަލަށެވެ. ގޯއްޗަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ފޭސްބުކު ޕޭޖުން ގޯއްޗަށް އެދޭ ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. ފޯމެއްގެ އަގަކީ -/10 ރުފިޔާއެވެ.

              އީމެއިލް މެދުވެރިކޮށްވެސް ގޯއްޗަށް އެދޭ ފޯމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅާ ފަރާތްތަކުން ފޯމް  މިއިދާރާއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

                  މި އިޢުލާނާއެކު " ފ. ދަރަނބޫދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް 2021 " އަދި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ޞަރަޙައްދުތައް އެގޭނެ ގޮތުގެ ޗާޓް ޢާންމުކުރީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރ 6740015 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

60 ރަޖަބު 1443

07 ފެބްރުވަރީ 2022

07 February 2022
ހޯދާ