ދިވެހިރާއްޖެ
ނަންބަރު:(IUL)421/421/2022/5
އިޢުލާން |
ނަންބަރ: |
(IUL)421/421/2022/5 |
ތާރީޚް |
06 ރަޖަބް 1443 |
|
08 ފެބުރުއަރީ 2022 |
ގދ.ވާދޫ ކުނިކޮށްޓަށް ބޭނުންވާ މުވައްޒަފުން ހޯދުން
ގދ.ވާދޫ ކުނިކޮށީގެ މަސައްކަތް ކުރުމަށްޓަކައި ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ބޭނުންވެއްޖެއެވެ.
މަޤާމް: ޑްރައިވަރ
ބޭނުންވާ ޢަދަދު: 01
މަޤާމުގެ ގިންތި: ދާއިމީ
މުސާރަ: -/4500
ސަރވިސް އެލަވަންސް: -/1000
އިތުރުގަޑި: -/500
މަޤާމް: މަސައްކަތު
ބޭނުންވާ ޢަދަދު: 04
މަޤާމުގެ ގިންތި: ދާއިމީ
މުސާރަ: -/4000
ސަރވިސް އެލަވަންސް: -/1000
އިތުރުގަޑި: -/500
ފެންވަރު ނުވަތަ ޝަރުޠު: ގްރޭޑް 07 ނިންމާފައިވުމާއެކު މިފަދަ މަސައްކަތްކުރެވޭނެ ޖިސްމާނީ ގާބިލްކަން ހުރުން އަދި އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.
ވީމާ،މިވަޒީފާއަށް އެދިލައްވާފަރާތްތަކުން 17 ފެބުރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ތިރީގައި މިދަންނަވާ ތަކެއްޗާއެކު މިއިދާރާއަށް ސިޓީ ފޮނުއްވުންއެދެމެވެ.
- ވަޒީފާއަށްއެދި ކުރިމަތިލާ ސިޓީ
- މުއްދަތު ހަމަނުވާ އައިޑެންޓިޓީ ކާޑުގެ ސާފުކޮޕީ
- ސްކޫލު ލީވިންގް ސެޓްފިކެޓް / ތަޢުލީމީ އެހެނިހެން ސެޓްފިކެޓްތައް
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތައް ( ފާއިތުވި 03 އަހަރުގެ )
މަޤާމްތަކަށް މީހުން ހޮވާނީ މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އިންޓަވިއުކޮށް %60 މާކްސް އިންޓަވިއުއިން ލިބޭ ފަރާތްތަކަށެވެ. މިމުއްދަތުގެތެރޭގައި ސަރުކާރު ބަންދު ދުވަހެއް އަތުވެއްޖެނަމަ ބަންދުވާ ކޮންމެ ދުވަހަކަށް ދުވަހެއް އިތުރު ކުރެވޭނެއެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
07 ރަޖަބް 1443
08 ފެބްރުއަރީ 2022
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް