ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާ ޙާފިޡަކު ބޭނުންވެއްޖެ

އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާ ޙާފިޡަކު ބޭނުންވެއްޖެ

1443 ވަނަ އަހަރުގެ ރަމަޟާންމަހު މި ރަށުގެ މިސްކިތުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ޙާފިޡަކު ބޭނުންވާތީ، އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް ބޭނުންވާ ޙާފިޡުންނަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ނުވަތަ ބޭރުން ޙާފިޡަކު ގެންނަވައިގެން ތަރާވީޙް ނަމާދު އިމާމްވެ ޙިފްޡުކޮށް ކުރުވުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން،2022 ފެބުރުއަރީ 20 ވަނަ ދުވަހުގެ 13:15 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.ޙާފިޡު ގެންނަފަރާތުން ތިރީގައިދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ.

  • ·ޙާފިޡު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން.
  • ·ޙާފިޡު ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން.
  • ·ޙާފިޡު ރާއްޖެ ގެނައުމާއި ރަށާހަމައަށް ގެންގޮސްދިނުން.
  • ·ޙާފިޡު ކަރަންޓީނުކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
  • ·ރަމަޟާން މަސް ނިމުމުން،ޙާފިޡު އަނބުރައި މާލެ ގެނެސް އޭނާގެ ޤައުމަށް ފޮނުވާލުން
  • ·ޙާފިޡަށް ދޭންޖެހޭ އެލަވަންސް އެފަރާތަށް ދިނުން.
  • ·ޙާފިޡު އިންޝުއަރެންސް ކުރަންޖެހޭނަމަ އިންޝުއަރކުރުން.

މިކަމުގައި ޢަމަލުކުރާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ޢާއްމުކުރައްވާފައިވާ ނަންބަރު: (IUL)142-B1/142/2022/7 އަދި (IUL)142-B1/142/2022/8 މި ދެ އިޢުލާންއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

             މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6840016 ފޯނާ ގުޅުއްވުން އެދެމެވެ.

              07  ރަޖަބު    1443

              08 ފެބްރުވަރީ  2022

08 ފެބުރުވަރީ 2022
ހޯދާ