ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ފަނޑިޔާރު ކަމުގެ ވަޒީފާގެ ފުރުޞަތު

މަޤާމު

ފަނޑިޔާރު

ކޯޓް

ދިވެހިރާއްޖޭގެ ހައިކޯޓް

ފަނޑިޔާރުން ބޭނުންވާ އަދަދު

1

މުސާރަޔާއި އިނާޔަތްތައް

އަސާސީ މުސާރަ  (މަހަކު)

36,000.00 ރުފިޔާ

ލިވިންގ އެލަވަންސް (މަހަކު)

15,000.00 ރުފިޔާ

މެޑިކަލް އިންޝުއަރެންސް

ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުންް ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ފޯނު އެލަވަންސް

ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ރިސްކް އެލަވަންސް  (މަހަކު)

3,300.00 ރުފިޔާ

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާން ވާނެއެވެ.

އަޚުލާޤާއި ސުލޫކު

  1. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން؛
  2. ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން؛
  3. ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛
  4. ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛
  5. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  6. ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚުލާޤީ އަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން؛
  7. އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން.

ޢުމުރު

  1. ޢުމުރުން ފަންސަވީސް އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން

ތަޢުލީމް

  1. އިސްލާމީ ޝަރީޢާގެ ރޮނގުން ނުވަތަ ޤާނޫނު ރޮނގުން ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުލުކޮށްފައިވުން

ތަޖުރިބާ

  1. ދިވެހިރާއްޖޭގެ ހައިކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނިގެންވާ ކަމަކާ ގުޅޭގޮތުން ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި ނުވަތަ އެ ދެ ކަމުންކުރެ ކަމެއްގައި ޢަމަލީ ގޮތުން މަސައްކަތްކޮށް، މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ފަނޑިޔާރުކަމުގެ ވަޒީފާއަށް އެދި ހުށަހަޅާފޯމާއެކު

ހުށަހަޅަންޖެހޭ ތަކެތި

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ލޯ ފާމަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަނަވަރު 
  3. ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ
  4. ވަނަވަރުގައި ޤާނޫނީ މަސައްކަތް ކުރަންޖެހޭ ވަޒީފާއެއް އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ސަޕޯޓިންގ ޑޮކިއުމަންޓުތައް
  5. ކޯޓުތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނިގެންވާ ކަމަކާ ގުޅޭގޮތުން ޤާނޫނީ ވަކީލެއްގެ ގޮތުގައި  ކޯޓުތަކުގައި ވަކާލާތު ކޮށްފައިވާކަން ނުވަތަ ކުރަމުންދާކަން އެނގޭނެ ކޯޓުގެ ރަސްމީ ލިޔުމެއް (މި ލިޔުމުގައި އެ ކޯޓެއްގައި އެމީހަކު ޕްރެކްޓިސް ކޮށްފައިވާ މުއްދަތު އެނގެން އޮންނަންވާނެއެވެ.) ނުވަަތަ؛
  6. ކޯޓުތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނިގެންވާ ކަމަކާ ގުޅޭގޮތުން ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ލީގަލް މަޤާމެއްގައި މަސައްކަތް ކޮށްފައިވާނަމަ، މަސައްކަތް ކޮށްފައިވާ މުއްދަތާއި އަދި ކުރި މަސައްކަތުގެ ތަފްސީލު އެނގޭނޭ ގޮތަށް އެ މުއައްސަސާއަކުން ދީފައިވާ ރަސްމީ ލިޔުމެއް ނުވަތަ؛
  7. ކޯޓުތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނިގެންވާ ކަމަކާ ގުޅޭގޮތުން ރަޖިސްޓަރީ ކޮށްފައިވާ ލޯ ފާމެއްގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާނަމަ، މަސައްކަތް ކޮށްފައިވާ މުއްދަތާއި އަދި އެ މަސައްކަތުގެ ތަފްސީލު އެނގޭނޭ ގޮތަށް އެ ލޯ ފާމަކުން ދީފައިވާ ރަސްމީ ލިޔުމެއް
  8. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ
  9. އައި.ޑީ. ކާޑުގެ ކޮޕީ
  10. ފަނޑިޔާރުކަމުގެ ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ކުށުގެ ރިކޯޑު ނެތްކަމުގެ އިޤުރާރު ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑު ފޯމު
  11. ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އެނގޭނޭ އިލެކްޝަންސް ކޮމިޝަންގެ ލިޔުން

ސުންގަޑި

31 އޮގަސްޓް 2014 ވަނަ ދުވަހުގެ 14:30 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް (ތީމުގެ، އާބުރުޒު ހިނގުން) ހުށަހަޅަންވާނެއެވެ.

އިންޓަވިއު ކުރުން

މި އިޢުލާނުގައިވާ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއު ކުރުން އޮންނާނީ 6 ސެޕްޓެންބަރު 2014 ވާ ހޮނިހިރު ދުވަހުއެވެ.

ގަވާއިދު

މި އިޢުލާނުގައިވާ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދާއި މާކްސް ދޭނެ ގޮތުގެ ކްރައިޓީރިއާ މި ކޮމިޝަންގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. ފެކްސް ނަންބަރަކީ 3303504 އެވެ. ވަޒީފާއަށް އެދޭ ފޯމާއި އިޤުރާރު ފޯމު www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

 

18 އޮގަސްޓް 2014
ހޯދާ