ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ
ނަންބަރު: IUL10-F/10/2022/31
އިޢުލާން
ނޭޝަނަލް ރިއިންޓިގްރޭޝަން ސެންޓަރ (އެން.އާރ.ސީ) އަށް ގެނެވޭ ފަރާތްތަކުގެ ސައިކޮލޮޖިކަލް އެސެސްމަންޓް އަދި ސައިކޭޓްރިކް އިވެލުއޭޝަން މި ދެ މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ޓަރމްސް އޮފް ރެފަރެންސް
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި ދެ މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާ އެއް ކަރުދާސް ކުރެވިފައިވާ "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ.
މަސައްކަތަށް އެދި ހުށަހެޅުން
މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ފެބުރުވަރީ 2022 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މިއިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާ "ޓަރމްސް އޮފް ރެފަރެންސް" ގައި ބުނެފައިވާ ލިޔެކިޔުންތަކާއެކު އެދިވަޑައިގަންނަވާ މަގާމް ބަޔާންކޮށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގެ 10 ވަނަ ފަންގިފިލާ) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.
1- އިޢުލާން
2- އަންދާސީ ހިސާބު ފޯމް/ އަގު ހުށަހަޅާ ފޯމް (ސައިކޮލޮޖިކަލް އެސެސްމަންޓް އަދި ސައިކޭޓްރިކް އިވެލުއޭޝަން އަށް )
3- މައުލޫމާތު ޝީޓް
4- ހުށަހަޅަންޖެހޭ ލިޔުންތަކުގެ ޗެކް ލިސްޓް