މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް

އިޢުލާނު

މަޤާމު:

ކައުންސިލް އެސިސްޓެންޓް

މަޤާމުގެ ނަންބަރު:

J-338098

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ/މިސްކިތްތައް

މުސާރަ:

3100.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

ސަޕޯރޓިން ކޯ އެލަވަންސް

1200.00ރުފިޔާ

މިނިމަމް ވޭޖް އެލަވަންސް

1917.00ރުފިޔާ

އެހެނިހެން އެލަވަންސް:

ސިވިލް ސާރވިސް މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
  3. ކައުންސިލުން ހަވާލުކުރާ މިސްކިތެއްގެ އިމާރާތާއި ގޯތިތެރެ ފޮޅައި ސާފުކުރުން
  4. ކައުންސިލުން ހަވާލުކުރާ މިސްކިތެއްގައި ހުންނަ އިލެކްޓްރޯނިކް އިކުއިޕްމަންޓްތަކާއި އެޕްލަޔަންސްތައް ސާފުކުރުމާއި، މެއިންޓެއިން ކުރުމުގައި އެހީތެރިވެދިނުން
  5. މިސްކިތަށް ފޮޅާ ސާފުކުރުމަށް ބޭނުންވާ ތަކެތި ދުވަހުން ދުވަހަށް ކައުންސިލަށް އެންގުން
  6. ނަމާދުގަޑީގެ 15 މިނިޓްކުރިން މިސްކިތަށް ޚާޟިރުވެ މިސްކިތު އެތެރެއާއި އިސްކުރުބަރި ސާފުކުރުން
  7. މިސްކިތާއި މިސްކިތުގައި ހުރި ފަރުނީޗަރުތަކުންނާއި މެޝިނަރީއާއި ފަންކާތަކާއި އިސްކުރުބަރިޔާއި ދޮރުތަކުން ހިރަފުސްފޮޅާ ސާފުކޮށް ބެލެހެއްޓުން
  8. މިސްކިތު މަސައްކަތު މީހަކު ޗުއްޓީގައި ހުރިނަމަ އޭނާގެ މަސައްކަތާއި ހަވާލުވެ ކުރުން
  9. ކައުންސިލުން ހަވާލުކުރާ މިސްކިތެއްގެ ވަށައިގެންވާ މަގުގޯޅިތަކުގެ ދެބައިކޮށްފަ އެއްބައި ވިނަނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން
  10. މިސްކިތުގެ  ގޯތިތެރޭގައި ހައްދާ ގަސްތައް ކޮށާ ސާފުކޮށް ބެލެހެއްޓުން

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެނގުން

 

ނޯޓް:

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

  • ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

  • ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

  • ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ގުޅޭ ވަޒީފާގެ ދާއިރާތައް

ފޮޅާ ސާފުކުރުން

ކްލެރިކަލް ސަޕޯޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Announcement/ViewAnnouncement/84
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ބެލޭނެ ބައިތަށް

ޕޮއިންޓް

އަސާސީ ޝަރުޠު ހަމަވުން

50

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

ޖުމްލަ:

100

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ފެބްރުއަރީ 2022ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ށ.ފޭދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މިވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ 20 ފެބްރުއަރީ 2022 އާއި 10 މާރިޗް 2022އާއި ދެމެދު، ށ.ފޭދޫ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540045 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.  ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހަ އި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ"  https://www.csc.gov.mv/Policy/Index/51 އިން ލިބެން ހުންނާނެއެވެ.

6 ރަޖަބު 1443

07 ފެބުރުވަރީ 2022
ހޯދާ