ދިވެހިރާއްޖެ
އިޢުލާނު
ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޕީ.ސީ.އާރު ލެބް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
މި ހޮސްޕިޓަލްގައި ޕީ.ސީ.އާރު ލެބް ހެދުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚްގެ ކުރިން ބިޑްގައި ބައިވެރިވުމަށް https://forms.gle/pnMEkCWJZsRZTJLn9 ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުން އެދެމެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ކަރުދާސް ފޯރުކޮށްދެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ތާރީޚް |
އަންދާސީހިސާބު ހުށަހެޅުމަށް |
14 ފެބްރުއަރީ 2022 (ހޯމަ) ދުވަހުގެ 13:00 ގެ ކުރިން |
17 ފެބްރުއަރީ 2022 (ބުރާސްފަތި) ދުވަހުގެ 13:00 އަށް (ގުރަހަ) |
ޕްރީބިޑް މީޓިންގ 15 ފެބްރުއަރީ 2022 (އަންގާރަ) ދުވަހުގެ 11:00 ގައި އޮންނާނެއެވެ. މި މީޓިންގައި ބައިވެރިވުމަކީ މަޖުބޫރުކަމެއް ނޫނެވެ.
އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ އެއްވެސް ފަރާތްތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6809003 ނަންބަރަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.