ދިވެހިރާއްޖެ
އިޢުލާން
ރައްވެހި ނުވެ ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ދަފްތަރާއި ގުޅޭ |
ރަށުގައި ޗުއްޓީއަށް އައިސްތިބޭ މީހުންފިޔަވައި 03 މަހަށްވުރެ ދިގުމުއްދަތެއްގައި ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލައި އަދާހަމަކުރުމަށް ބޭނުންވެއެވެ.
- ޓީޗަރުންނާއި، ޑޮކްޓަރުންނާއި، ނަރުހުން
- އެކިއެކި ވަޒީފާތަކަށް / މަސައްކަތް ކުރުމަށް އައިސް އުޅޭ ބިދޭސީންނާއި ރާއްޖޭގެ ރައްޔިތުން
- ރަށުގެ ރައްޔިތުންނާއި ކައިވެނިކޮށްގެން އައިސްއުޅޭ އަންހެނުންނާއި، ފިރިހެނުން
- ރަށްވެހިނުވެ ރަށުގައި ދިރިއުޅޭ ފަރާތްތަކުން
ވީމާ، މިފަރާތްތަކުން ދަފްތަރުގައި ރަޖިސްޓްރީކުރުމަށް ބޭނުންވާ މައުލޫމާތުތަށް ތިރީގައި މިވަނީއެވެ.
ފުރިހަމަ ނަން (ޢާންމުނަމާއެކު)
އައިޑީކާރޑް / ނުވަތަ ޕާސްޕޯރޓް ނަމްބަރު
ދާއިމީ އެޑްރެސް (އަތޮޅާއި ރަށް އަދި ޤައުމު)
މިހާރު ދިރިއުޅޭ އެޑްރެސް (ށ.ކަނޑިތީމުގެ އެޑްރެސް)
ށ.ކަނޑިތިމުގައި ދިރިއުޅޭ ސަބަބާ
ފޯން ނަމްބަރު
ވީމާ މިމައުލޫމާތުތަށް ފުރިހަމަކޮށް 19 ފެބުރިއަރީ 2022 ވަނަ ދުވަހުގެ 14:00 ކުރިން މިކައުންސިލަށް ހުށަހެޅުން އެދެމެވެ. ނުވަތަ ތިރީގައިވާ ލިންކް މެދުވެރިކޮށް މިމަޢުލޫމާތު މިކައުންސިލާއި ހިއްސާކޮށްދެއްވުން އެދި ދެންނެވީމެވެ.
އެކިއެކި ވަޒީފާތަކަށް / މަސައްކަތް ކުރުމަށް އައިސްއުޅޭ ފަރާތްތައް ދަފްތަރުގައި ރަޖިސްޓްރީ ކުރުމާކީ އެފަރާތްތައް ގެންގުޅޭ ފަރާތުގެ ޒިންމާއެކެވެ.
ލިންކު: https://forms.gle/Nts33ZYokEt1UERN6
05 ރަޖަބު 1443
07 ފެބުރުއަރީ 2022