ދިވެހިރާއްޖެ
ގދ. ފިޔޯރީ ފުޓްސަލް ދަނޑު އަމިއްލަ ތަކެތީގައި މަރާމާތްކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ. ވީމާ، މި ޕްރޮޖެކްޓްގައި ރަޖިސްޓްރީކުރުމަށް 8 ފެބްރުއަރީ 2022 ން 16 ފެބްރުއަރީ 2022 ނިޔަލަށް އެއްކަރުދާސް ކުރެވިފައިވާ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. މިއިޢުލާނާއި ގުޅިގެން ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އަންދާސީ ހިސާބާއި ގުޅޭ ލިޔެކިއުންތައް އީ-މެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހުގެ ހެދުނު 10:30ގައި މިކައުންސިލް އިދާރާގެ މީޓިންގ ހޯލްލުގައެވެ.
މި ޕްރޮޖެކްޓާއި ބެހޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 17 ފެބްރުވަރީ 2022 ވާ ބުރާސްފަތި ދުވަހު 12:30ގެ ކުރިން [email protected] އަށް އީ-މެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
މި ޕްރޮޖެކްޓަށް އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރީ ތަކަށެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. ހުށަހަޅާ އަންދާސީ ހިސާބުތައް ހުޅުވުން ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.