ދިވެހިރާއްޖެ
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުން |
|
720 ފުރުޞަތު |
ލޯނު ފުރުޞަތުގެ އަދަދު: |
ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 ން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް. ށ. ލައިސަންސް |
ފެންވަރު: |
"ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުޞޫލު" ގެ ޖަދުވަލު 1 ގައި ހިމަނާފައިވާ ދާއިރާތައް. |
ދާއިރާ: |
ލޯނު އެހީ ދިނުމުގެ ޝަރުތުތައް "ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުޞޫލު" ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާނެއެވެ. |
ޝަރުތުތައް: |
ލޯނަށް އެދި ފޯމު ހުށަހަޅާނީ https://myedu.egov.mvޕޯޓަލް މެދުވެރިކޮށެވެ. ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުމުގައި ޗެކްލިސްޓަށް ސަމާލުކަންދެއްވުން އިލްތިމާސްކުރަމެވެ. |
ލޯނަށް އެދި ފޯމު ހަށަހަޅާނެ ގޮތް: |
3 މާރިޗު 2022 ވާ ބުރާސްފަތި 13.30 |
އެޕްލިކޭޝަން ހުށަހެޅޭނެ ސުންގަޑި: |
- "ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުޞޫލު" އާއި، އެއުޞޫލުގެ ޖަދުވަލުތައް މި އިޢުލާނާއިއެކު ވާނެއެވެ. މިއުޞޫލާއި ޖަދުވަލުތަކުގައި ލޯނުއެހީއަށް ދަރިވަރުން ހޮވުމުގައި އަމަލުކުރާނެގޮތް ބަޔާންކޮށްފައިވާނެއެވެ. ވީމާ، ލޯނުއެހީއަށް އެދޭ ފަރާތްތަކުން މިއުސޫލާއި ޖަދުވަލުތަކުގައިވާ ކަންކަމަށް ސަމާލުކަން ދިނުން އެދެން. - މި ސްކީމުގެ ދަށުން އަލަށް ކިޔަވަންފަށާ ދަރިވަރުންގެ ގޮތުގައި ބަލާނީ 1 ޖެނުއަރީ 2022 ގެ ފަހުން ކިޔަވަން ފަށާ ދަރިވަރުން. - މި ސްކީމްގެ ދަށުން މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ގޮތުގައި ބަލާނީ 1 ޖެނުއަރީ 2022 ގެ ކުރިން ކޯހެއްގައި ކިޔަވަން ފަށާފައިވާ ދަރިވަރުން. - ކޮންމެ ދަރިވަރަކުވެސް ހުށަހަޅަންވާނީ އެއް އެޕްލިކޭޝަން ފޯމު. - ބެޗްލަރސް ޑިގްރީ ފުރިހަމަކޮށް، އެއަށްވުރެ މަތީ ފެންވަރުގެ ކޯހެއްގައި ކިޔެވުމަށް އެދޭ ފަރާތްތަކުން ހުށަހަޅާ ޓްރާންސްކްރިޕްޓަކީ މުޅި ކޯހުގެ މުއްދަތަށް ލިބިފައިވާ ޓްރާންސްކްރިޕްޓެއްކަން ކަށަވަރުކުރުން. އަދި، ޓްރާންސްކްރިޕްޓްގެ ދެފުށް ހުށަހަޅަންވާނެ. - މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ކެޓެގަރީން އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުން މިހާރު ކިޔަވަމުންދާކަމާއި ކޯސް ނިންމުމަށް އޮތް މުއްދަތު އެނގޭނެ، ކިޔަވަމުންދާ މަރުކަޒުގެ ލިޔުމެއް ހުށަހަޅުން. |
އިތުރު މަޢުލޫމާތު: |
- ރާއްޖޭގައި ފުރިހަމަކުރެވޭ ކޯސްތަކުގެ ލިސްޓްގައި ހިމެނޭ ކޯހަކަށް ދިވެހިރާއްޖޭގެ އެމްބަސީތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލާ ނުވަތަ ޤާނޫނީ ގޮތުން ބެލެނިވެރިކަން މަތިކޮށްފައިވާ ފަރާތްތެއް ކުރިމަތިލާނަމަ، އެފަރާތެއް ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާކަމުގެ ރަސްމީ (ދިރިއުޅެމުންދާ ޤައުމުގެ ދިވެހި އެމްބަސީގެ) ލިޔުމެއް ހުށަހެޅުން. - އެމްބީބީއެސް/ޑެންޓިސްޓްރީ ކޯހަކަށް އެދި ހުށަހަޅާ ފަރާތްތަކުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ކޯހަށް ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވުން. - އެމްބީބީއެސް/ޑެންޓިސްޓްރީ ކޯހަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޕްރީ މެޑިސިން ފުރިހަމަކޮށްފައިވާ ފަރާތެއްނަމަ، ފުރިހަމަކޮށްފައިވާ ޕްރީ މެޑިސިން ކޯހަކީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލްކުރާ ކޯހެއް ކަމުގެ ލިޔުން ހުށަހެޅުން. |
|
- ލޯނަށް އެދި ހުށަހަޅާއިރު ސެކަންޑްރީ/ހަޔަރ ސެކަންޑްރީ އިމްތިހާން ނުވަތަ އައިބީ ޑިޕްލޮމާ ފިޔަވައި ރާއްޖޭން ބޭރުގައި ކިޔަވައިގެން ހާޞިލްކޮށްފައިވާ ރާއްޖޭގައި އާއްމުކޮށް ބޭނުންނުކުރާ ސެޓްފިކެޓެއް ހުށަހަޅާނަމަ އެސެޓްފިކެޓްގެ ފެންވަރު ބަޔާންކޮށްދޭ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) ގެ ލިޔުމެއް ހުށަހެޅުން. - ރާއްޖޭން ބޭރުގެ ތަނަކުން ދޫކޮށްފައިވާ މަތީ ތަޢުލީމުގެ ސެޓްފިކެޓެއް ހުށަހަޅާނަމަ، އެ ސެޓްފިކެޓެއް އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވެލިޑޭޓްކޮށްފައި. - މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވެލިޑޭޓްނުކުރާ ޕްރޮވިޝަނަލް ސެޓްފިކެޓާއި ފައުންޑޭޝަން ކޯހުގެ ސެޓްފިކެޓް ފަދަ ސެޓްފިކެޓެއް ހުށަހަޅާނަމަ ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލްކުރާ ފެންވަރެއްގެ ކޯހެއްކަން އަނގައިދޭ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ލިޔުން ހުށަހެޅުން. އަދި އެސެޓްފިކެޓާއެކު އޭގެ ޓްރާންސްކްރިޕްޓް ހުށަހެޅުން. |
ވެލިޑޭޓްކުރުން: |
- އެޕްލިކޭޝަން ޗެކްކޮށްދިނުމަށްފަހު އެކި މަރުހަލާތަކުގައި ތިރީގައި ބަޔާންކޮށްފައިވާ ސްޓޭޓަސްތަކަށް އެޕްލިކޭޝަންގެ ސްޓޭޓަސް ބަދަލުކުރެވޭނެ. Application Submitted: މާނައަކީ އެޕްލިކޭޝަން މިނިސްޓްރީއަށް ލިބިއްޖެ Application Complete: މާނައަކީ އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމަ Application Incomplete & Requires Resubmission: މާނައަކީ އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމައެއްނޫން އަދި މަޢުލޫމާތު ފުރިހަމަކުރުމަށްފަހު އަލުން އެޕްލިކޭޝަން ހުށަހަޅަން ޖެހޭ Application Resubmitted: އެޕްލިކޭޝަން އަލުން ހުށަހެޅުމުން މިނިސްޓްރީއަށް ލިބިއްޖެ Selected: މާނައަކީ ލޯނު ފުރުސަތަށް ހޮވިފައި Not selected: މާނައަކީ، ޝަރުތު ފުރިހަމަވި ނަމަވެސް، ކަނޑައެޅިފައިވާ ޖާގައިގެ ތެރެއިން ހޮވޭ މިންވަރަށް ޕޮއިންޓް ލިބިފައިނުވުން. : Disqualified މާނައަކީ ލޯނުގެ ފުރުޞަތަށް ޝަރުތު ފުރިހަމަނުވޭ - އިއުލާނުގެ މުއްދަތު ހަމަވުމުގެ 7 ދުވަސްކުރިން (25 ފެބްރުއަރީ 2022 ދުވަހުގެ ކުރިން) ހުށަހަޅާ އެޕްލިކޭޝަންތައް މިނިސްޓްރީއިން ބެލުމަށްފަހު ރަނގަޅު ކުރަންޖެހޭނަމަ އެކަން އަންގައި ރަނގަޅު ކުރުމަށް ފުރުސަތު ދެވޭނެއެވެ. މި އިއުލާނުގެ މުއްދަތުގެފަހު 7 ދުވަހު (25 ފެބްރުއަރީ 2022 ފެށިގެން) ހުށަހަޅާ އެޕްލިކޭޝަންތަކަށް މި ފުރުސަތު ދެވެން ނޯންނާނެއެވެ.މިފުރުޞަތު ދެވޭ ފަރާތްތަކުންވެސް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި |
އެހެނިހެން: |
އިތުރު މަޢުލޫމާތު ސާފުކުރަން ގުޅާނީ 3026971، 3026927، 3026924 ފޯން ނަމްބަރަށެވެ. |