ދިވެހިރާއްޖެ
މިރަށުގެ ތާރަ މަގުތަކާއި އަދި ވެލި މަގުތަކުގައި ގިނަދުވަސް ވަންދެން ބޭނުންނުކުރާ ވެހިކަލްތަކާއި އަދި ހަލާކުވެގެން ޕާރކް ކޮށްފައިވާ އެއްގަމު އުޅަދުތަކުގެ ސަބަބުން ހިނގާ މީހުންނަށާއި، ދުއްވާ ތަކެއްޗަށް އުނދަގޫވަމުންދާކަމުގެ ޝަކުވާތައް އެކިފަރާތްތަކުންދަނީ ކައުންސިލް އިދާރާއަށް ހުށަހަޅަމުންނެވެ.
މަގުމަތީގައި ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް ދަތިވާގޮތަށް އެއްވެސްބާވަތެއްގެ އެއްޗެއް މަގުމަތީގައި ބެހެއްޓުމަކީ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލްގެ އިދާރާއިން އެކުލަވާލައި ގެޒެޓްކޮށް ޢާންމު ކޮށްފައިވާ 'ޢާންމު އުދަގުލާބެހޭ' ގަވައިދުގެ 14 ވަނަމާއްދާގެ ހ. އިން މަނާކޮށްފައިވާ ކަމެކެވެ.
ވީމާ، މިގޮތަށް ޕާކް ކުރެވިފައިވާ އެއްގަމު އުޅަދުތައް މިއަދުން (7 ފެބުރުވަރީ 2022) ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭ އެތަކެތި ނެގުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އެންގީމެވެ. މި މުއްދަތުގެ ތެރޭގައި އެތަކެތި ނުނަގާފިނަމަ އެތަކެއްޗަކީ އޭގެ ވެރިފަރާތެއް ނެތް ތަކެތި ކަމުގައި ބަލައި ކައުންސިލް އިދާރާއިން އެތަކެތި އެތަނުން ނެގުމަށްފަހު ނައްތާލެވޭނެއެވެ. އެހެންކަމުން އެތަކެތި ނެގުމާއި އަދި ނައްތާލުމުން ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލް އިދާރާއިން ޒިންމާނުނަގާނެކަން ވެސް އެންގީމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
7 ފެބުރުވަރީ 2022