އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން އެކުލަވާލާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރަން ބާއްވާ އިންތިޚާބު ފަސްކުރުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) އާއި ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އެބައިމީހުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމަށް އެކުލަވާލާފައިވާ "ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު"ގެ 11 ވަނަ މާއްދާގެ (ހ) އަކީ ބާޠިލް އަކުރެއް ކަމަށާއި، އެޓަރނީ ޖެނެރަލްގެ އޮފީހުން ޢާންމުކޮށްފައިވާ ނަންބަރު(IUL)32-A/2014/51: (3 އޮގަސްޓު 2014) ގެ އިޢުލާނަކީ ބާޠިލު އިޢުލާނެއް ކަމަށާއި، ޤާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބު ކުރަންޖެހޭ ވަކީލު އިންތިޚާބު ކުރުމަށްޓަކައި ބާއްވާ ވޯޓުލުމުގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ އެންމެހައި ފަރާތްތަކަށް އެމީހަކު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރިކަމުގައިވިއަސް އަދި އެމީހަކު ކޮންމެ މަޤާމެއް ފުރަމުން ދިއަކަމުގައިވިއަސް ވޯޓުލުމުގެ ފުރުޞަތު ލިބިދެވޭގޮތަށް އަދި އެއްވެސް ޤާނޫނީ ވަކީލަކު އެ ޙައްޤު ބޭނުންކުރުމުން މަޙްރޫމް ނުވާގޮތަށް އިންތިޚާބު އަލުން އިންތިޒާމުކުރުމަށާއި، އަދި މީގެ ކުރީފަހަރުތަކުގައި ޤާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބު ކުރާ ޤާނޫނީ ވަކީލު އިންތިޚާބު ކުރުމުގައި ޢަމަލު ކޮށްފައިވާ އިޖްރާއާތުތަކާއި އުޞޫލުތަކާ ޚިލާފުނުވާނޭ ގޮތުގެމަތިން އިންތިޒާމުތައް ހަމަޖެއްސުމަށާއި އަދި ވޯޓުލުމުގެ ޙައްޤު އަދާކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވޯޓު ދެވޭ ގޮތަށް ވޯޓުލުމުގެ ކަންތައްތައް އަލުން އިންތިޒާމު ކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:2014/SC-SJ/06 (14 އޮގަސްޓު 2014)ގެ ކޯޓު އަމުރުގައި އަންގަވާފައިވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަން ގެ މެންބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ 11 ވަނަ މާއްދާގެ (ހ) ގެ މައިގަނޑު އަސާސަކީ ވޯޓު ސިއްރު ކުރުން ކަމަށްވެފައި އެ މާއްދާގެ (ހ) ބާޠިލު ކުރެއްވުމުން އެ މަޤްޞަދު ޙާޞިލު ނުވާނެތީ، އެ އުޞޫލު ބާޠިލުކޮށް އެ އުޞޫލުގެ ދަށުން މިއޮފީހުގެ ނަންބަރު:    (IUL)32-A/1/2014/49 (3 އޮގަސްޓު 2014)ގެ އިޢުލާނުގައި ބަޔާންކޮށްފައިވާ އިންތިޚާބު ބާޠިލު ކޮށްފިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

މި އިންތިޚާބު ދެން ބާއްވާނެ ތާރީޚަކާއި އިންތިޚާބާ ބެހޭ އިތުރު ތަފްޞީލުތައް އެޓަރނީ ޖެނެރަލްގެ އޮފީހުން ފަހުން އިޢުލާން ކުރާނެއެވެ.

18 ޝައްވާލު 1435

14 އޮގަސްޓް 2014
ހޯދާ