ދިވެހިރާއްޖެ
(IUL)415/415/2022/17
އިޢުލާން
މި އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ. މިއީ ސިވިލްސާރިވިސްގެ ވަޒީފާއެއް ނޫނެވެ.
ވަޒީފާގެ ފުރުޞަތު |
މަޤާމު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
|||
ބޭނުންވާ އަދަދު: |
01 (އެކެއް) |
|||
ރޭންކް: |
ޖީ.އެސް 3 |
ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
|
މަޤާމުގެ ބާވަތް: |
ކޮންޓްރެކްޓް (01 އަހަރު) |
ސަރވިސް އެލަވަންސް: |
1500.00 ރުފިޔާ |
|
މުސާރަ: |
4465.00 ރުފިޔާ |
މަޤާމް އޮތް އޮފީސް: |
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ |
|
ސަޕޯރޓިންގ ކޯ އެލވަންސް: |
700.00 ރުފިޔާ |
މިނިމަމް ވޭޖް އެލަވަންސް: |
1100.00 ރުފިޔާ |
|
ސެކްޝަން |
ކޯރޕޮރޭޓިވް އެފެއާރޒް |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ، ގދ. ތިނަދޫ |
|
މަޤާމުގެ ޝަރުތު: |
1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ، 2- މަތީ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިބަސް ހިމެނޭ ގޮތަށް 2 މާއްދާ އިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
1- ކައުންސިލްގެ އިދާރާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތަކާއި ރިޕޯޓްތައް ތައްޔާރުކޮށް، ފައިލުކޮށް ބެލެހެއްޓުން. 2- އަންހެނުންގެ ތަރަޤީއަށް މަސައްކަތްކުރާ ކޮމެޓީން ހިންގާ އެކިއެކި ޙަރަކާތްތައް އިންތިޒާމު ކުރުމާއި އެކިއެކި ރަސްމިއްޔާތުތައް ހޯސްޓު ކުރުން. 3- އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރީ އެންމެހާ މަސައްކަތްތައް ކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައްދަލުވުންތައް އިންތިޒާމް ކުރުމާއި ކޮމެޓީގެ ބައްދަލުވުންތަކާއި ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ، ފައިލުކޮށް ބެލެހެއްޓުން. 4- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ޕާރފޯރމަންސް އިންޑެކްސްއާ ގުޅުންހުރި ލިޔުންތައް ތައްޔާރުކުރުމާއި ކޮމެޓީން އަދާހަމަކޮށް ބަލަހައްޓަންޖެހޭ ތަފާސް ޙިސާބު ރެކޯޑްކޮށް، ރިޕޯޓްތައް އެކުލަވާލައި ޢާއްމުކުރަންޖެހޭ ތަފާސް ޙިސާބު ޢާއްމުކުރުން. 5- އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން އެކި ފަރާތްތަކަށް ހުށަހަޅަން ބޭނުންވާ ޕްރޮޖެކްޓް ޕްރޮޕޯސަލް ޑޮކިއުމެންޓް ތައްޔާރުކޮށް، ސުޕަރވައިޒަރުގެ އިރުޝާދުގެ ދަށުން ފަންޑް ރައިޒިންގ މަސައްކަތްތައް ކުރުން. 6- ކައުންސިލްގެ އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތައްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުމާއި މުވައްޒަފަކު ޗުއްޓީ ނެގުމުން އެމުވައްޒަފުގެ މަސައްކަތުގެ ތެރެއިން ސުޕަރަވައިޒަރު ޙަވާލުކުރާ މަސައްކަތްތައް ކުރުމާއި ކައުންސިލްގެ އިދާރާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އަހަރީ މަސައްކަތު ތާވަލުގައިވާ ޕްރޮގްރާމްތައް ކާމިޔާބު ކުރުމަށްޓަކައި ހިންގަން ހަމަޖައްސާ ޙަރަކާތްތައް ހިންގުމާއި ކޮމެޓީން ފާސްކުރާ ނިންމުންތައް ތަންފީޛުކުރުމަށް މަސައްކަތްކުރުން.
|
|||
އެހެނިހެން އިނާޔަތްތައް: |
ހަމަޖެހިފައިވާ އުސޫލްތަކާއި އެއްގޮތަށް އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
|||
ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް |
ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއަކު ޖުމުލަ %60 (ފަސްދޮޅަސް އިންސައްތަ) އަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ. |
|||
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އަދި އިމްތިޙާން އޮންނާނީ، 20 ފެބްރުވަރީ 2022 އާއި 24 ފެބްރުވަރީ 2022 އާ ދެމެދު، ތިނަދޫ ކައުންސިލްގެ އިދާރާ ގައެވެ. |
|||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.) 2- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ 3- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. 4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު) |
|||
މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ފެބްރުވަރީ 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ( ([email protected]މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|||
އިތުރު މަޢުލޫމާތު |
މިއިޢުލާނާއި ގުޅިގެން މައުލޫމާތެއް ސާފްކުރައްވުމަށް ގުޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ 6842596 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ ( ނަންބަރ: 6841018 ) އެވެ. |
|||