ގާފަރު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޫލްގައި އައުޓް ޑޯ ރީޑިންގް ޕާކެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން ނަންބަރ: GS147-C/2022/06
މި ސްކޫލްގައި އައުޓް ޑޯ ރީޑިންގް ޕާކެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި ސްކޫލުންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި، މި ސްކޫލްގައި އައުޓް ޑޯ ރީޑިންގް ޕާކެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު GS147-C/2022/04 އިޢުލާންއާއި ގުޅިގެން ހުށަހަޅާފައިވާ އަގުބޮޑުކަމަށް ފެންނާތީ، އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ފެބްރުއަރީ 07 އިން 2022 ފެބްރުއަރީ 09 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:30 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ މިސްކޫލަށް ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ފެބްރުއަރީ 09 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 ފެބްރުއަރީ 10 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލްގައެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2022 ފެބްރުއަރީ 16 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގާފަރު ސްކޫލް
ކ.ގާފަރު
ފޯން: 6640577
އީ-މެއިލް: [email protected]
06 ފެބުރުވަރީ 2022
ހޯދާ