ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް (އީ.އެކްސް.3 / ޕްރޮގްރާމް ޑިވެލޮޕްމަންޓް އެންޑް ސްޓެޓިސްޓިކްސް ޑިވިޝަން)

މަޤާމް :ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް (އީ.އެކްސް.3)
ބޭނުންވާ އަދަދު :1

އިޢުލާނު

 

މަޤާމު:

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު:

J-346741

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ.އެކްސް.3

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

(ނޭޝަނަލް ޑްރަގް އޭޖެންސީ / ކ. މާލެ (ޕްރޮގްރާމް ޑިވެލޮޕްމަންޓް އެންޑް ސްޓެޓިސްޓިކްސް ޑިވިޝަން

މުސާރަ:

މަހަކު -/11،065ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވެންސް: މަހަކު (އަސާސީ މުސާރައިގެ %35)
  2. ރިސްކު އެލަވަންސް: (ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގެ G207.1ގައިވާ ގޮތުގެ މަތީން)
  3. ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސް ގޮތުގައި މުސާރައިގެ 28% އަދި ޓެކްނިކަލް ކޯ އަށް ޝަރުތުފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/1300 ރުފިޔާ (ޓެކްނިކަލް ކޯ ދާއިރާ: އެޑިކްޝަން ސައިންސް، ކައުންސެލިންގ، ސައިކޮލޮޖީ، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ)
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ނޭޝަނަލް ޑްރަގް އޭޖެންސީގެ ޤާނޫނާއި ނޭޝަނަލް ސްޓްރޭޓެޖިކް ޕްލޭންގައިވާ ގައުމީ އަމާޒުތަކަށް ބޭނުންވާ ޕްރްގްރާމްތަކުގެ މަސައްކަތް ރާވާ ހިންގުން.
  2. ޕްރޮގްރާމްތަކާއި ފަރުވާދޭ މަރުކަޒުތަކުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ގެންނާންޖެހޭ ބަދަލުތައްރާވާ، ހިންގުން.
  3. ނޭޝަނަލް ޑްރަގް އޭޖެންސީގެ އެންމެހާ ރިހެބިލިޓޭޝަން ޓްރީޓްމަންޓް އެންޑް ޕްރިވެންޝަން ޚިދުމަތްތަކުގެ ސްޓޭންޑާރޑްތައް ކަނޑައަޅާ، ތަންފީޒީ ކަރުދާސްތައް ތައްޔާރުކޮށް، އެންމެހާ ޑިވިޝަންތަކުގެ މެދުގައި ސްޓޭންޑާޑްތައް ތަންފީޒުކުރަމުން ގެންދިޔުން.
  4. ނޭޝަނަލް ޑްރަގް އޭޖެންސީއިން ތައްޔާރުކޮށް ހިންގާ ޕްރަގްރާމްތަކަށް، މުޖުތަމައުގެ އެއްބާރުލުމާއި އެހީތރިކަންހޯދާދީ، އެތެރޭގެ އަދި ބޭރުގެ މަސައްކަތްތައް ހިންގާނެ ކަރުދާސްތައް ތައްޔާރުކޮށް ތަންފީޒުކުރުމުގެ މަސައްކަތް ރާވާ ހިންގުން.
  5. ނޭޝަނަލް ޑްރަގް އޭޖެންސީގެ މަސައްކަތްތަކުގެ ތެރެއިން ތަފާސްހިސާބު ލިބޭނޭ ނިޒާމު ގާއިމުކުރުމުގެ އޮނިގަނޑު ތައްޔާރުކޮށް، ހޯދޭ އެފަދަ މައުލޫމާތު އެނެލައިސްކުރުމާއި، އެފަދަ މައުލޫމާތުގެ އަލީގައި ޕްރޮގްރާމްތަކަށާއި ހިންގުމުގެ ނިޒާމަށް ގެންނާންޖެހޭ ބަދަލު ކަރުދާހުން ތަފްސީލުކޮށް ތަންފީޒުކުރުމުގެ މަސައްކަތްކުރުން.
  6.  ޤާނޫނުގައި ބަޔާންކުރެވިފައިވާގޮތަށް ތަފާސްހިސާބުތައް ޕަބްލިޝްކުރަމުގެ މަސައްކަތް ރާވާ ހިންގުން.
  7. ޓްރީޓްމަންޓް އަދި ޕްރިވެންޝަން ޕްރޮގރާމްތަކަށް ކޮންމެހެން ބޭނުންވާނޭ ތަމްރީނުތައް ފާހަގަކޮށް އެފަދަ ތަމްރީނުތައް މުވައްޒަފުންނަށް ފޯރުކޮށްދިނުމަށް ޓްރޭނިންގް ޔުނިޓްމެދުވެރިކޮށް ތަންފީޒުކުރުމުގެ މަސައްކަތްކުރުން.
  8. ނޭޝަނަލް ޑްރަގް އޭޖެންސީގެ މަސައްކަތްތަކަށް އެހީވެދޭ އެން.ޖީ.އޯ ފަދަ ޖަމާއަތްތަކުން ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި މަރުކަޒުތަކަށް ޤާނޫނުން ލާޒިމުކުރާ ލައިސަންސް ދިނުމުގެ ސްޓޭންޑާޑް ތަކާއި ޕްރޮސެސް ގާއިމުކުރުމުގެ މަސައްކަތް ރާވާ ހިންގުން.
  9. ޑިވިޜަންގެ އެންމެ އިސްވެރިއެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ އެންމެހާ ޒިންމާތައް އަދާކުރުން.
  10. ޑިވިޜަންގެ ކްލިނިކަލް ޙިދުމަތްތަކާއި އިދާރީ މަސައްކަތްތައް ރާވާ ހިންގުމާއި، ޑިވިޜަންގެ ދަށުން ހިނގާ ސެކްޝަންތަކަށް ހޯދަންޖެހޭ ތަކެތި ހޯދާ ބެލެހެއްޓުން.
  11. ނޭޝަނަލް ޑްރަގް އެޖެންސީ އާއި މިއެޖެންސީގެ ދަށުން ހިނގަމުންދާ ސެންޓަރުތަކާއި ސެކްޝަންތަކުގެ މަސައްކަތްތަކުގެ ފެންވަރު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ރާވާ ހިންގުން.
  12. ސުޕަވައިޒުކުރާ މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ ފަންނީ އެހީ ފޯރުކޮށްދިނުމާއި، ފަރުވާގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އެހެނިހެން ދާއިރާތަކާއި ވިލަރެސްކުރުން.
  13. ސެކްޝަންތަކުން އަންނަ ލިޔެކިއުންތައް ސަރުކާރުގެ ޤަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ބެލެހެއްޓުން.
  14. ނެޝަނަލް ޑްރަގް އެޖެންސީގެ ލަފަޔާއެއްގޮތަށް ޑިވިޜަންގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމާއި އަހަރީ ޕްލޭންއެއް އެކަށައަޅާ އެއާ އެއްގޮތްވާ ގޮތުގެ މަތިން ހިންގާ ބެލެހެއްޓުން.
  15. ޑިވިޜަންގެ ދަށުން ހިނގަމުންދާ ސެކްޝަންތަކުގެ އަހަރީ ބަޖެޓް ހެދުމުގެ ކަންތައްތައް އަމަލީގޮތުން ބެލެހެއްޓުމާއި، އެއަހަރަށް ހިންގުމަށް ބޭނުންވާ ޕްރޮގްރާމްތައް ޑިވިޜަންގެ ދަށުން ހިނގަމުންދާ ސެކްޝަންތަކުގެ މެންޑޭޓާއި ގުޅޭގޮތުން ރާވާ ހިންގުން.
  16. ޑިވިޜަންގެ ދަށުން ހިނގަމުންދާ ސެކްޝަންތަކުގެ މުދަލާއި ފައިސާ އަދި އެނޫން ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް އަދި ހެޔޮގޮތުގައިތޯ ބަލާ އެގޮތަށް ހިނގާކަން ކަށަވަރުކުރުން.
  17. މަސްތުވާތަކެއްޗާއި ގުޅުންހުރި ބައިނަލް އަޤްވާމީ އަދި ޤައުމީފެންވަރުގައި ފާހަގަކުރެވޭ ދުވަސްތަކާއި ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  18. ޑިވިޜަންގެ ދަށުން ހިނގަމުންދާ ސެކްޝަންތަކުގެ އިސްވެރިންގެ އެޕްރައިޒަލް ފުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
  19. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް  ހަވާލްކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1. އެޑިކްޝަން ސައިންސް ނުވަތަ އެޕްލައިޑް މެތަމެޓިކްސް ނުވަތަ ކައުންސެލިންގ ނުވަތަ ޑާޓާ ސައިންސް ނުވަތަ އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ ސައިކޮލޮޖީ ނުވަތަ ސޯޝަލް ވޯރކް ނުވަތަ ސޯޝިއޮލޮޖީ ނުވަތަ ސްޓެޓިސްޓިކްސް ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސޯޝަލް ސާވިސަސް ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. އެޑިކްޝަން ސައިންސް ނުވަތަ އެޕްލައިޑް މެތަމެޓިކްސް ނުވަތަ ކައުންސެލިންގ ނުވަތަ ޑާޓާ ސައިންސް ނުވަތަ އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ ސައިކޮލޮޖީ ނުވަތަ ސޯޝަލް ވޯރކް ނުވަތަ ސޯޝިއޮލޮޖީ ނުވަތަ ސްޓެޓިސްޓިކްސް ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސޯޝަލް ސާވިސަސް ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެޑިކްޝަން ސައިންސް
  • އެޕްލައިޑް މެތަމެޓިކްސް
  • ކައުންސެލިންގ
  • ޑާޓާ ސައިންސް
  • އިންޓަރނޭޝަނަލް ރިލޭޝަންސް
  • ސައިކޮލޮޖީ
  • ސޯޝަލް ވޯރކް
  • ސޯޝިއޮލޮޖީ
  • ސްޓެޓިސްޓިކްސް

 ޕްރިފަރޑް ޑިސިޕްލިންތައް:

 ނެތް

މަޤާމުގެ ކޯ ޑިސިޕްލިންތައް:

  • އެޑިކްޝަން ސައިންސް
  • ކައުންސެލިންގ
  • ސައިކޮލޮޖީ
  • ސޯޝަލް ވޯރކް
  • ސޯޝިއޮލޮޖީ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ސޯޝަލް ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2486
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 10 ފެބުރުވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން recruitment@nda.gov.mvއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މެއިލްކުރައްވާއިރު ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނު، ޕްރެޒެންޓޭޝަން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމަންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2022 ފެބުރުވަރީ 16 އާއި 2022 ފެބުރުވަރީ 22 އާ ދެމެދު ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

       މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3039016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

                   5  ރަޖަބު  1443

                  06 ފެބުރުވަރީ 2022                              

06 ފެބުރުވަރީ 2022
ހޯދާ