މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

 

                                                                                      ނަންބަރު : IUL)MMPRC-PRO/1/2022/10) 

އިޢުލާން

މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތައް މި ކޯޕަރޭޝަންގެ ފައިނޭޝިއަލް އޮޑިޓު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2022 ފެބްރުއަރީ 9 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2022 ފެބްރުއަރީ 15 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:00ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ މި ކޯޕަރޭޝަންގެ އީމެއިލް އެޑްރެސްއަށް އީމެއިލްކުރެއްވުން އެދެމެވެ.

ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 2022 ފެބްރުއަރީ 16 ވާ ބުދަ ދުވަހުގެ ހެނދުނު 11:00އަށް، ހ. ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮ ފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ބަޔާންކުރެވިފައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އީމެއިލް އެޑްރެސް އަށް ފޮނުއްވުން އެދެމެވެ.

  • ބިޑު ހުށަހަޅާ ފަރާތުގެ ނަން:
  • ކުންފުނީގެ ނަން:
  • ގުޅޭނެ ފޯނު ނަންބަރ:
  • އީމެއިލް އެޑްރެސް:
  • އީމެއިލްގެ ސަބްޖެކްޓް: To hire a party to conduct financial audit for a period of 3 years

 

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  މި އިޢުލާން އާއި އެކު މަޢުލޫމާތު ކަރުދާސް ހިމަނާފައި ވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އީމެއިލްއަށް އީމެއިލް ކުރެވުން އެދެމެވެ.

 

އީމެއިން އެޑްރެސް: [email protected] copy to [email protected]

ނަން: ހަސަން ޝަހީލް

މަޤާމް: އެގްޒެކެޓިވް ޑިރެކްޓަރ

 

                      01  ރަޖަބު 1443

                      02  ފެބްރުއަރީ 2022

 

 

02 ފެބުރުވަރީ 2022
ހޯދާ