ދިވެހިރާއްޖެ
އިޢުލާން
މަގުތަކަށް ނެރިފައިވާ ތަކެތި ނެގުމާއި ގުޅޭ
މިއިދާރައިގެ ނަންބަރ : (IUL)317/2021/82 ( 27 ޑިސެމްބަރ 2021 ) އިއުލާނުގައި މިރަށުގެ އެކި މަގުތަކަށް ނެރެ ބަހައްޓާފައިވާ ތަކެތީގެ ސަބަބުން މަގުތަކުގައި ހިނގާ ބިނގާވެ އުޅުމަށާއި އެއްގަމު އުޅަނދު ދުއްވުމަށް ދަތިތަކާއި ކުރިމަތިވަމުންދާތީ 31 ޖެނުއަރީ 2021 ނިޔަލަށް މަގުތަކުގައި ކައުންސިލުގެ ހުއްދަ ނެތި ބަހައްޓާފައިވާ އެންމެހާ ތަކެތި ނަގާ ސާފުކުރުމަށް އަންގާފައިވީނަމަވެސް، އެއިޢުލާނުގެ މުއްދަތު ހަމަވި އިރު އެގޮތަށް ބަހައްޓާފައިވާ ތަކެތި އަދިވެސް ގިނައަދަދަކަށް ނުނަގާ ހުރިކަން ފާހަގަކުރެވެއެވެ. މަގުތަކުގައި ބަހައްޓާފައިވާ ތަކެތި ނެގުމަށް މީގެ ކުރިންވެސްވާނީ އެތަށްފަހަރަކު އިއުލާންކުރެވިފައެވެ. އެހެންކަމުން 01 ފެބުރުއަރީ 2022 ވަނަ ދުވަހު މިކައުންސިލްގެ 4 ވަނަ ދައުރުގެ 35 ވަނަ ޢާއްމު ބައްދަލުވުމުގައި ނިންމާފައިވަނީ މިވަގުތު މަގުތަކުގައި ކައުންސިލްގެ ހުއްދަނެތި ބަހައްޓާފައިވާ އެންމެހާ ތަކެތި ނެގުމުގެ މަސައްކަތަށް 05 ފެބުރުއަރީ 2022 ވަނަ ދުވަހުން ފެށިގެން ކައުންސިލުން ކުރިއަށް ގެންދިއުމަށެވެ.
ވީމާ މިރަށުގެ މަގުތަކަށް ކައުންސިލުގެ ހުއްދަނެތިނެރެ ބަހައްޓާފައިވާ އެންމެހާ ތަކެތި ނެގުމުގެ މަސައްކަތް 05 ފެބުރުއަރީ 2022 ވަނަ ދުވަހުންފެށިގެން ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާނެ ކަމަށާއި ، ތަކެތި ނެގުމުގެ ތެރޭގައި ތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމެއްގައި މިކައުންސިލުގެ ފަރާތުން އެއްވެސް ޒިންމާއެއް ނުނެގޭނެކަމުގައި އެތަކެތީގެ ވެރީންނަށް ހަނދާންކޮށްދެމެވެ. ކުރިއެކޭވެސް އެއްގޮތަށް ކައުންސިލުން އުއްމީދުކުރަނީ މިކަމުގައިވެސް ރަށުގެ އެންމެހާ ރައްޔިތުންގެ އަރިހުން އެހީތެރިކަމާއި އެއްބާރުން ލިބުމެވެ.
މިހެންވެމިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.