މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސޯސިއޭޓް، ފައިނޭންސް

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                               އިޢުލާން ނަންބަރު: ‭(IUL)MMPRC-HR/1/2022/11

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: އެސޯސިއޭޓް، ފައިނޭންސް

މުސާރަ (މަހަކު) : -/7,080 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/2,360 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް:-/2,360 ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ފައިނޭންސް

ބޭނުންވާ އަދަދު: 1

1.  ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: 

ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ)ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

ހ. މިކޯޕަރޭޝަނުގެ ފައިނޭންސް ސެކްޝަންއިން ޓްރާންސްފަރ ކުރަންޖެހޭ އެންމެހާ ޕޭމަންޓްތައް ޕްރޮސެސްކުރުމާއި އެންމެހާ ރެކޯޑުތައް ބަލަހައްޓައި ރިޕޯޓްކުރުން.

ށ. ކޯޕަރޭޝަނުގެ ރިސީވަބަލްސް އަދި ޕޭޔަބަލްސް  ކްލިއަރ ކުރުމުގައި ޤަވައިދުން ފޮލޯއަޕް ހެދުމާއި ރިކޮންސައިލްކޮށް މައްސަލަތައް ހައްލުކުރުމާއި ރިޕޯޓްކުރުން.

ނ. ބަޖެޓު ރިޕޯޓު ފަދަ ލިޔުންތައް ތައްޔާރު ކުރުމުގައި އެހީތެރިވުން.

ރ. ސެކްޝަނުގެ ލިޔެކިއުންތައް ބެލެހެއްޓުމާއި ފައިލްކުރުން.

ބ. ސިޓީ/ނޯޓް ފަދަ ލިޔުންތައް ތައްޔާރު ކުރަންޖެހިއްޖެ ހާލަތެއްގައި ސިޓީ/ނޯޓް ފަދަ ލިޔުންތައް ތައްޔާރުކުރުން.

ޅ. ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަނުގެ ޚިދުމަތްތަކާ ގުޅުންހުރި ކޯޕަރޭޝަނުން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

09 ފެބްރުއަރީ 2022 ވަނަ ވާ ބުދަ  ދުވަހުގެ 1500 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމަނައިގެން ތައްޔާރުކޮށްފައިވާ ސީވީ.

އ. ޕޮލިސް ރިޕޯޓް 

5. އިތުރު މަޢްލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 6. އެޑްރެސް ކުރައްވާނީ:

ތޮއްޔިބު މުޙައްމަދު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

01 ފެބުރުވަރީ 2022
ހޯދާ