ދިވެހިރާއްޖެ
ދ.ބަނޑިދޫ ކައުންސިލް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަދި ކުލަބް ޖަމިއްޔާޖަމާޢަތްތައް ގުޅިގެން މި ހިނގާ ފެބްރުއަރީ މަހުގައި ކަށުކަމާކެމީގެ ކަންކަން ދަސްކޮށްދޭ ކޯހެއް ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ. މިކޯހުގެ މަޤްސަދަކީ ކަށުކަމާކެމީގެ ކަންކަން ކުރާނެ ފަރާތްތައް ތަމްރީނުކުރުމެވެ . މިކޯހުގައި ބައިވެރި ވެރިކުރުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ ފަރާތްތަކެވެ.
ވީމާ، މިދެންނެވި ކަށުކަމާކެމީގެ ކަންކަން ދަސްކޮށްދޭ ކޯސް ކުރިއަށްގެންދިއުމަށް މިކައުންސިލަށް އެހިތެރިކަން ފޯރުކޮށްދެއްވުމަށް ބޭނުންވެލައްވާ ކުލަބް/ޖަމިއްޔާތަކުން 07 ފެބްރުއަރީ 2022 ވަނަ ދުވަހުގެ ކުރިން މިއިދާރާއަށް ލިޔުމުން އަންގަވައިދެއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިޢުލާން ކުރީމެވެ.