މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުން

         (IUL)321-A/321/2022/25 :ނަންބަރު         

                      އިޢުލާން

 

        މިރަށު މިސްކިތްތަކުގައި މަސައްކަތްކުރައްވަމުން ގެންދަވާ ދާއިމީ މުވައްޒަފުން ސަލާމް ނުވަތަ ޗުއްޓީ ނެންގެވުމުން ނުވަތަ ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިވުމުން އެމަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށް ނަގާ މުއްދަތުގައި، ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން މަސައްކަތްކުރުމަށް އެކުލަވާލެވޭ ޕޫލްގައި ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލުމުގެގޮތުން ކުރެވުނު މިއިދާރާގެ ނަންބަރު (IUL)321-A/321/2021/215  (29 ޑިސެމްބަރ 2021) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް ރަޖިސްޓްރީވެފައި ނުވާތީ، އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން މިދެންނެވި ޕޫލުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • ބޭނުންވާ މަޤާމްތައް:  އިމާމް / މުދިމް  (ފިރިހެން)

            އިމާމް / މުދިމް  (އަންހެން)

            މަސައްކަތު   

  • މުއްދަތު:  އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 31 ޑިސެމްބަރ 2022 ށް
  • މަސައްކަތްކުރައްވަންޖެހޭ މިސްކިތް: މިރަށުގެ މިސްކިތްތަކުގެ ތެރެއިން މިއިދާރާއިން ކަނޑައަޅާ މިސްކިތެއްގައި

މަޤާމްގެ ޝަރުޠާއި މުސާރަ:

#

މަޤާމް

ވަޒީފާގެ ޝަރުޠު

އުޖޫރަ ދެވޭ ގޮތް

1

އިމާމް

މުދިމްކަމުގެ ސަނަދެއް ލިބިފައިވުން ނުވަތަ ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ ދީނީދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 03 ގެ ސަނަދެއް ޙާސިލްކޮށްފައިވުން

61.00 (ފަސްދޮޅަސް އެއް ރުފިޔާ) ނިކުންނަވާ ކޮންމެ ނަމާދު ވަގުތަކަށް

 

2

މުދިމް

ޤުރްއާން ރީއްޗަށް ކިޔަވަންއެގުމާއި، ބަންގި ގޮވުމާއި، ނަމާދުކުރަން އެނގޭ ފަރާތަކަށްވުން

53.00 (ފަންސާސް ތިން ރުފިޔާ) ނިކުންނަވާ ކޮންމެ ނަމާދު ވަގުތަކަށް

3

މަސައްކަތު

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ ގްރޭޑް 6 ނިންމާފައިވުން.

45.00 (ސާޅިސް ފަސް ރުފިޔާ) މަސައްކަތްކުރައްވާ ކޮންމެ ގަޑިއިރަކަށް

        ވީމާ، މިމަޤާމުތަކަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިސްކިތު ޕޫލްގައި ރަޖިސްޓްރީވުމަށް އެދި 2022  ފެބްރުވަރީ 09 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އައި.ޑީކާޑުގެ ކޮޕީއާއި ލިބިފައިވާ ސަނަދުތަކުގެ ކޮޕީއާއިއެކު، "މިސްކިތު ޕޫލުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް" މިއިދާރާއަށް ހުށަހެޅުއްވުން އެދެވެ. މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6600006 ށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ، ކުރައްވާނީ [email protected] ށެވެ.

                              29 ޖުމާދަލްއާޚިރު  1443  

01 ފެބުރުވަރީ 2022
ހޯދާ