އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ގއ. ކޮނޑޭ ކައުންސިލްގެ ދެވަނަ ބުރުގެ ވޯޓުނެގުން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:2014/SC-A-/20، 2014/SC-A/21 (2014 އޮގަސްޓު 13) ޤަޟިއްޔާއިން ގއ. ކޮނޑޭ ކައުންސިލަށް އިންތިޚާބު ކުރަންޖެހޭ ފަސްވަނަ މެންބަރު އިންތިޚާބު ކުރުމަށްޓަކައި ބާއްވަންޖެހޭ އިންތިޚާބު، 2014 އޮގަސްޓު 13 ވީ ބުދަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައިވާތީ، ގއ. ކޮނޑޭ ކައުންސިލްގެ ދެވަނަ ބުރުގެ ވޯޓުނެގުން، 2014 އޮގަސްޓު 27 ވާ ބުދަ ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

ދެވަނަ ބުރުގައި ވާދަކުރާ ކެންޑިޑޭޓުން

ކުރިމަތިލާފައިވާ ޙައިޘިއްޔަތު

ދާއިމީ އެޑްރެސް

ފުރިހަމަ ނަން

ކެންޑިޑޭޓް ނަންބަރު

އަމިއްލަގޮތުން

ހިރިޔާ، ގއ. ކޮނޑޭ

ޔުމްނާ  ޤާސިމް

4

އެމް.ޑީ.ޕީ

ވައިލެޓްވިލާ، ގއ. ކޮނޑޭ

ސާޖިދާ  މުޙައްމަދު

8

އަމިއްލަގޮތުން

އުޖާލާގެ، ގއ. ކޮނޑޭ

ނާހިދާ  ޙަސަންދީދީ

17

ގއ. ކޮނޑޭ ކައުންސިލަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި ބާއްވާ ދެވަނަ ބުރުގެ ވޯޓުނެގުން އޮންނާނީ، 2014 އޮގަސްޓު 27 ވާ ބުދަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް، ގއ. ކޮނޑޭގަ އާއި މާލޭގައެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނިޓުގެ ތެރޭގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2014 އޮގަސްޓު 31 ވާ އާދީއްތަ ދުވަހުގެ ހަވީރު 3:00 ގައެވެ.

18 ޝައްވާލް 1435

14 އޮގަސްޓް 2014
ހޯދާ