އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ގއ. ކޮނޑޭ ކައުންސިލާ ބެހޭ

އިޢުލާން

މި ކޮމިޝަނުގެ ނަންބަރު: (A)CA-2014/183 (2014 ފެބުރުވަރީ 22) ގެ އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު ނަންބަރު:2014/HC-I-SH/01  (2014 ފެބުރުވަރީ 13)ގެ ޤަޟިއްޔާއިން، 18 ޖަނަވަރީ 2014 ވީ ހޮނިހިރު ދުވަހު އިލެކްޝަންސް ކޮމިޝަނުން، ގއ. ކޮނޑޭ ކައުންސިލަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިޚާބަކީ ބާޠިލް އިންތިޚާބެއް ކަމަށް ކަނޑައަޅައި، ކޮނޑޭ ކައުންސިލްގެ އިންތިޚާބު އަލުން ބޭއްވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:2014/SC-A-/20، 2014/SC-A/21 (2014 އޮގަސްޓު 13) ޤަޟިއްޔާއިން ކަނޑައެޅުއްވުމާ ގުޅިގެން، މި ކޮމިޝަނުގެ ނަންބަރު: (A)CA-2014/183 (2014 ފެބުރުވަރީ 22) އިޢުލާން ބާޠިލްކޮށް، ކުރިޔަށް އޮތް 3 އަހަރު ދުވަހަށް ގއ. ކޮނޑޭ ކައުންސިލަށް ޤާނޫނީ ހަމަތަކުގެ މަތިން މި ދަންނަވާ 4 މީހުން އިންތިޚާބުވެފައިވާކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

ހައިސިއްޔަތު

ދާއިމީ އެޑްރެސް

ފުރިހަމަ ނަން

#

ޢަދާލަތު ޕާޓީ

ކުދިމާގެ، ގއ. ކޮނޑޭ

ސިޔާމް މުޙައްމަދު

1

އަމިއްލަގޮތުން

ދޯދި، ގއ. ކޮނޑޭ

އަޙްމަދު އިބްރާހީމްދީދީ

2

އަމިއްލަގޮތުން

އަތަމާގެ، ގއ. ކޮނޑޭ

އަޙްމަދު ޝާން މުޙައްމަދު

3

އަމިއްލަގޮތުން

ނޫއަލި، ގއ. ކޮނޑޭ

މުރުތަޟާ ސަލީމް

4

އަދި ގއ. ކޮނޑޭ ކައުންސިލަށް އިންތިޚާބުކުރަންޖެހޭ 5 ވަނަ މެންބަރު އިންތިޚާބުކުރުމަށްޓަކައި ބާއްވާ ދެވަނަ ބުރުގެ ވޯޓުނެގުން އޮންނާނެ ތާރީޚެއް ފަހުން އިޢުލާން ކުރެވޭނެއެވެ.

18 ޝައްވާލް 1435 

14 އޮގަސްޓް 2014
ހޯދާ