ދިވެހިރާއްޖެ
(IUL)146-A1/1/2022/4:ނަންބަރު
އިޢުލާން
ކައިވެންޏަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުގައި ކިޔަވައިދިނުމުގެ ފުރުސަތު:
މި ކޯޓުން ހިންގާ ކައިވެންޏަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުގައި، ލެކްޗަރަރ (އިޖުތިމާޢީބައި)ގެ މަޤާމަށް މީހުން ހޯދުމަށްޓަކައި ކޮށްފައިވާ ނަންބަރު IUL146-A1/1/2022/3 (18 ޖަނަވަރީ 2022) އިޢުލާން ބާޠިލުކޮށް، އެމަޤާމަށް އަލުން އިޢުލާން ކުރަމެވެ.
މަޤާމު: |
ލެކްޗަރަރ |
މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ދާއިރާ: |
އިޖުތިމާޢީބައި (އަލަތު ކައިވެންޏެއްކުރަން ބޭނުންވާނެ އިޖްތިމާޢީ ކަންތައްތަކާއި، އިޖްތިމާޢީ ގޮތުން ދިމާވާ ކަންކަން ހައްލުކުރާނެ ގޮތް.) |
ބޭނުންވާ އަދަދު : |
02 (ދޭއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
މުއްދަތު: |
އެގްރިމެންޓް ކުރެވޭ ތާރީޚުން ފެށިގެން 02 ޖަނަވަރީ 2023ގެ ނިޔަލަށް (މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.) |
އުޖޫރަ: |
މަޢުލޫމާތު ދެއްވުމަށް ވަޑައިގަންނަވާ ކޮންމެ ގަޑިއަކަށް -/250 ރުފިޔާ |
މަސައްކަތް ކުރަންޖެހޭ ތަން: |
ފެމިލީ ކޯޓު |
މަޤާމުގެ ޝަރުތު: |
މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ޙާޞިލުކޮށްފައިވުން. |
ހުށަހަޅަންޖެހޭ ތަކެތި: |
- ވަޒީފާއަށްއެދި ހުށަހަޅާ ސިޓީ. - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ |
ސުންގަޑި: |
09 ފެބުރުވަރީ 2022 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން. |
އިތުރު މަޢުލޫމާތު: |
- ވަޒީފާއަށްއެދި ހުށަހަޅުއްވާނީ ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ފެމިލީ ކޯޓުގެ ރިސެޕްޝަނަށެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ، އީމެއިލް ކުރައްވާނީ [email protected] އަށެވެ. |