ދިވެހިރާއްޖެ
މ. އަތޮޅު ތަޢުލީމީ މަރުކަޒު
މ. މުލި / ދިވެހިރާއްޖެ
ނަންބަރ: (IUL)GS-23/PRIV/2022/08
އިޢުލާން
2220 ވަނަ އަހަރަށް ސްކޫލް ފެރީއެއް ހޯދުމާއިގުޅޭ
2022 ވަނަ އަހަރު މ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމް ޙާޞިލްކުރަމުންދާ މ.ނާލާފުށީ ދަރިވަރުން މ.މުއްޔަށް ކިޔަވަން ގެނައުމާއި ގެންދިއުމަށް ފެރީއެއް ހޯދަން ކުރެވުނު ނަންބަރ (IUL)GS-23/PRIV/2021/43( 26 ޑިސެމްބަރ 2022 ) އިޢުލާނާއި ގުޅިގެން ކުރިމަތިލެއްވި ފަރާތުން ހުށަހެޅުއްވި އަގު ބޮޑުކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕްރޮކިއުމެންޓުން ނިންމެވުމާއި ގުޅިގެން ކުރިން ކުރެވުނު އިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ. |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 ފެބުރުވަރީ 08 ވާ އަންގާރަ ދުވަހުގެ 11:30 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2022 ފެބުރުވަރީ 10 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.އަދި އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ، އަންދާސީ ހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ވަޑައިގަތުމަށް ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށައަޅުއްވާއިރު ތިރީގައިމިވާ ޝަރުތުތަށް ފުރިހަމަވާ އުޅަނދެއް ހުށައެޅުމަށް ސަމާލުކަންދެއްވަންވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. |
28 ޖުމާދަލްއާޚިރާ 1443
31 ޖެނުއަރީ 2022