ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ލ. ކަލައިދޫ ލޭންޑް ޔޫސް ޕްލޭން މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

           ލ. ކަލައިދޫ ލޭންޑް ޔޫސް ޕްލޭން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

           ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 ފެބްރުއަރީ 2022 އިން ފެށިގެން 13 ފެބްރުއަރީ 2022  ދުވަހުގެ 12:00 ގެ ނިޔަލަށް ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މަސައްކަތާއި ބެހޭ މައުލޫމާތު ދެވޭނީ އީމެއިލް މެދުވެރިކޮށެވެ. ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މައުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected] މެއިލް އަށް ފޮނުއްވައިދެއްވުން އެދެމެވެ. އަދި ބިޑަށް ރަޖިސްޓްރީވުމުން ރަޖިސްޓްރީ ކުރެވުނުކަން ހުށަހަޅާފައިވާ މެއިލް އަށް އެންގޭނެވާހަކަ ދެންނެވީމެވެ.

  • ކުންފުނީގެ ނަން.
  • ކުންފުނީގެ މެއިލް.
  • ގުޅޭނެ މޮބަލް ނަންބަރ.

އަންދާސީ ހިސާބު ހުށައެޅުން

ތާރީޚް

ދުވަސް

ގަޑި

20 ފެބްރުއަރީ 2022

އާދީއްތަ

13:00

             މި ބީލަމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ބައިވެރިވެވޭނީ ހަމައެކަނި ބިޑުގައި ރަޖިސްޓްރީ ކުރާފަރާތްތަކަށެވެ.

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

 

އަގު

70%

މުއްދަތު

20%

ތަޖުރިބާ

10%

              މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ  6800730 ފޯނާ ގުޅުއްވުން އެދެމެވެ.

             މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

30 ޖަނަވަރީ 2022
ހޯދާ