ދިވެހިރާއްޖެ
އިޢުލާން
ބ.ދަރަވަންދޫ ޞިއްހީމަރުކަޒު އެމަރޖަންސީ މެޑިކަލް ސެންޓަރއަށް ބޭނުންވާ އައި.ޓީ އިކުޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު: (IUL)23-AP/23/2022/5 (04 ޖަނަވަރީ 2022) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ޓެކްނިކަލް މައުލޫމާތު ފުރިހަމަ ނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާންކުރަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 30 ޖަނަވަރީ 2022 ވާ އާދިއްތަ ދުވަހުން ފެށިގެން 09 ފެބްރުއަރީ 2022 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 13 ފެބްރުއަރީ 2022 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 09 ފެބްރުއަރީ 2022 ވާ ބުދަ ދުވަހު މެންދުރު 14:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.
26 ޖުމާދަލްއާޚިރާ 1443
