ދިވެހިރާއްޖެ
ފާދިއްޕޮޅު ހިންނަވރު ކައުންސިލްގެ އިދާރާ،
ޅ. ހިންނަވަރު، ދިވެހިރާއްޖެ.
އިޢުލާން
ޅ. ހިންނަވަރު ހިނަވާގެ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
ހިންނަވަރު ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ޅ. ހިންނަވަރު ހިނަވާގެ މަރާމާތު މަސައްކަތްތައް އަމިއްލަ ޚަރަދުގައި ކޮށްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، އެ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 ފެބްރުއަރީ 2022 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ހިންނަވަރު ކައުންސިލް އިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް ހިންނަވަރު ކައުންސިލް އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވެވޭ ފަރާތްތަކަށް، 07 ފެބްރުއަރީ 2022ވާ ހޯމަ ދުވަހުން ފެށިގެން 09 ފެބްރުއަރީ 2022 ވާ ބުދަ ދުވަހުގެ ނިޔަލަށް، ރަސްމީ ގަޑީގައި ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ.
މަސައްކަތް ޙަވާލުކުރެވޭނީ ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ.
އެންމެ މަތިން ދެވޭނެ ޕޮއިންޓް |
ޕްރޮޕޯސަލް މިންކުރުމުގައި ޕޮއިންޓްދެވޭނެ ކަންތައްތައް |
80 |
މަސައްކަތް ކޮށްދިނުމަށް ހުށަހަޅާފައިވާ އަގަށް |
10 |
ފަންނީ ތަޖުރިބާ އާއި ޤާބިލުކަން |
10 |
އަންދާސީ ހިސާބުގައި މަޢުލޫމާތު ފުރިހަމަކޮށްފައިވާ ފެންވަރަށް |
* ފަންނީ ތަޖުރިބާއާއި ޤާބިލުކަމަށް ޕޮއިންޓް ދެވޭނީ އެއިންކަމެއް ސާބިތުކޮށްދެވޭފަދަ ޞައްޙަ ލިޔުމެއް ހުށަހަޅާފައިވާނަމަ އެ ލިޔުންތަކަށް ރިޢާޔަތްކުރުމަށްފަހު އެ ލިޔުންތަކުގެ ނިސްބަތުން.
* އަންދާސީ ހިސާބު ހުށަހެޅޭނީ، މިނިސްޓްރީ އޮފް އެކޮނޮމިކް ޑެވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
27 ޖުމާދަލްއާޚިރާ 1443
30 ޖެނުއަރީ 2022