ދިވެހިރާއްޖެ
އިޢުލާން
ގެސްޓްހައުސް ވިޔަފާރިކުރުމަށް ހުއްދަ ދޫކުރުމާއި،ކައުންސިލުން އެކުލަވާލާފައިވާ ރަށުގައި ފަތުރުވެރިން ގެންގުޅުމުގެ ޤަވާއިދަށް ހިޔާލު ހޯދުން
ރ.އިނގުރައިދޫއިން ގެސްޓްހައުސް ވިޔަފާރިކުރުމަށް ހުއްދަ ދޫކުރުމާއި، ކައުންސިލުން އެކުލަވާލާފައިވާ ރަށުގައި ފަތުރުވެރިން ގެންގުޅުމުގެ ޤަވާއިދަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލަމެވެ. ޚިޔާލުހުށަހަޅާނީ 02 ފެބުރުވަރީ 2022ވާ ބުދަ ދުވަހުގެ 8:00ގެ ކުރީން ތިރީގައިވާ ލިންކުގައިވާ ގޫގުލްފޯމް މެދުވެރިކޮށެވެ. އަދި މިކަމާއި ގުޅޭގޮތުން ބާއްވާ އޮންލައިން ބައްދަލުވުމެއް 01 ފެބުރުވަރީ 2022ވާ އަންގާރަ ދުވަހުގެރޭ 21:00ގައި ގޫގުލްމީޓް މެދުވެރިކޮށް އޮންނާނެއެވެ. ގޫގަލްމީޓްގެ ލިންކު ތިރީގައި އެވަނީއެވެ.
ގޫގުލް ފޯމް |
ގޫގުލްމީޓްގެ ލިންކު |
meet.google.com/cdz-awam-mpk |
ރަށުގައި ފަތުރުވެރިން ގެންގުޅުމުގެޤަވާއިދު
https://drive.google.com/file/d/1o2GxsmCRJWEyrnH1uSJxXtsDgJ0W0-t9/view?usp=sharing
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.