ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"ނައިންތް ރައުންޑް އޮފް އަސްވަން އިންޓަރނޭޝަނަލް ފެސްޓިވަލް ފޮ ކަލްޗަރ އެންޑް އާޓްސް" ގައި ބައިވެރިވުމުގެ ފުރުޞަތު

މިޞްރުގެ މިނިސްޓްރީ އޮފް ކަލްޗަރ އެފެއާޒް އިން އިންތިޒާމް ކުރައްވައިގެން މިއަހަރުގެ ފެބްރުއަރީ މަހުގެ 15 ން 22 ށް ބޭއްވުމަށް ހަމަޖެހިފައިވާ ސުރުހީގައި ދެންނެވިފައިވާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށްވަނީ ލިބިފައެވެ.

އެގޮތުން މިފެސްޓިވަލްގައި ބައިވެރިވާ ގްރޫޕްގައި ހިމެނޭނީ 12 މެމްބަރުންނެވެ. މިގްރޫޕްގެ ކެއުމާއި ހުރުން އަދި އެތެރޭގެ ދަތުރު ފަތުރު ހަމަޖައްސައިދެއްވާނީ އިންތިޒާމް ކުރައްވާ ފަރާތުންނެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ، އެއަރ ފްރައިޓް އާއި މެޑިކަލް އިންޝުއަރެންސް އާއި ޕީ.ސީ.އާރ ރިޕޯޓްފަދަ އެހެނިހެން ޚަރަދުތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތަކުންނެވެ.

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 03 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމް އަދި ސަޕޯޓިންގ މެޓީރިއަލްސް[email protected]  އަށް މެއިލް ކުރައްވާ [email protected] އަށް ކޮޕީ ކުރެއްވުން އެދެމެވެ. މިފެސްޓިވަލްގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް މިއިޢުލާންއާއިއެކު ހިމަނާލެވިފައިވާނެއެވެ. އަދި މީގެ އިތުރުން މިސެންޓަރުގެ ވެބްސައިޓް www.nca.gov.mv އިން ވެސް ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސެންޓަރުގެ ފޯނު ނަންބަރު  3313456   އަށް ގުޅުއްވުން އެދެމެވެ.

30 ޖަނަވަރީ 2022
ހޯދާ