ދިވެހިރާއްޖެ
c
–
މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ބޮޑުތަކުރުފާނުމަގު، ނ.މަނަދޫ
ނަންބަރ: (IUL)228-AB/228/2022/4
އިޢުލާނު
މަޤާމް |
ރޭންޖާރސް |
ބޭނުންވާ އަދަދު |
1 |
މަޤާމުގެ ގިންތި |
ކޮންޓްރެކްޓް |
މަޤާމުގެ ކްލެސިފިކޭޝަން |
- |
ވަޒީފާ އަދާކުރަންޖެހޭ ތަން |
ނ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފަޅު ރަށްތައް |
މުސާރަ |
މަހަކު 6000/- ރުފިޔާ |
ސާރވިސް އެލަވަންސް |
މަހަކު 1500/- ރުފިޔާ |
އިތުރު އިނޔާތްތައް |
(ހ) ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން (ށ) ހަމަޖެހިފައިވާ އުޞޫލުން ބޭސް ފަރުވާގެ ޚިދުމަތް (ނ) ހަމަޖެހިފައިވާ އުޞޫލުގެ ދަށުން ކެއުން ބުއިމުގެ ޚަރަދު |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް؛ |
(ހ) އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރައްތައް ބެލެހެއްޓުމަށް ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެ ދަށުން އެތަންތަނަށް ޑިޔުޓީއަށް ދިޔުން (ށ) ޑިޔުޓީ ކުރުމުގެ ގޮތުން ފަޅުރަށްރަށުގައި ވަކި މުއްދަތަކަށް ޤާއިމްވެ ހުރުން (ނ) ފަޅުރައްތަށް ކައުންސުލުން ކަނޑައަޅާ ހިސާބުތަކެއް ސާފު ކުރުމާއި އެކު ބެލެހެއްޓުން (ރ) އެރަށްރަށުގައި ހުރި ވަސީލަތްތަށް ސަލާމަތްތެރިކަމާއި އެކު ބެލެހެއްޓުން (ބ) ބަލަހައްޓާ ރަށްރަށް އަރާ ފައިބާ މީހުންނަކީ ހުއްދަ ލިބިގެންދާ ފަރާތްތައް ކަން ކަށަވަރު ކުރުން (ޅ) ފަޅު ރައްތަކަށް އަރާ ފައިބާ މީހުންގެ ކަންކަން ހުންނަނީ ހެދިފައިވާ އުސޫލްތަކުގެ ދަށުންކަން ކަށަވަރު ކުރުން، އަދި، އުސޫލާއި ހިލާފްވާ މީހުންގެ ކަންކަން ނޯޓު ކުރުން އަދި ކައުންސިލުން ނިންމާ ނިންމުންތަށް ފަޅުރައްތަކުގައި ތަންފީޒް ކުރުން (ކ) ފަޅުރައްތަކުގައި ޕެސްޓް ކޮންޓްރޯލް ކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން (އ) ފަޔަރ ފައިޓިން އާއި ގުޅޭ މަސައްކަތް ކުރުން (މ) ރޭންޖާރ ގެ ކޮލިފިކޭޝަން އަށް ބޭސްކޮށް، ހަވާލުކުރެވޭ ޚާއްސަ ޒިންމާތަށް އަދާކުރުން - ދަތުރު ކުރަންޖެހޭނަމަ ސްޕީޑް ބޯޓް ނުވަތަ ޑިންގީ ފަދަ ތަކެތި ދުއްވުން - ފަސްޓް އެއިޑް ދިނުމާއި، ރެސްކިއުގެ މަސައްކަތް ކުރުން - ސެކިއުރިޓީ ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން (ވ) މަތީގައި ބަޔާން ކުރެވުނު ކަންކަމުގެ އިތުރުންވެސް ކައުންސިލްގެ މަގްސަދުތަށް ހާސަލް ކުރުމަށްޓަކާ، ރޭންޖާރސް އިން ކުރަންޖެހޭ ކަންކަން ކަމުގައި ކައުންސިލުން ކަނޑައަޅާ ކަންކަން ކުރުން
|
މަޤާމުގެ ޝަރުތު |
(ހ) ނިޔަމިކަމުގެ ދާއިރާއިން، ލައިސަންސް ނަގާފައިވުން އެގޮތުން، ކަނޑުއުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކެޓަގަރީ "އޭ" އަދި ކެޓަގަރީ "ބީ" ގެ ލައިސަންސް އޮތުން (ށ) ނިޔަމިކަމުގެ ދާއިރާއިން، ނުވަތަ ސްޕީޑް ބޯޓް، ޑިންގީ ފަދަ ތަކެތި ދުއްވުމުގެ މަދުވެގެން 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން
ނުވަތަ
(ށ) ފަސްޓް އެއިޑް ދިނުމާއި ގުޅޭގޮތުން ޕްރޮފެޝަނަލް ޓްރެއިނިންގ ހަދާފައިވުން (ނ) ސަރވައިވަލް، ސޭފްޓީ ޓެކްނީކްސް، އާއި ގުޅޭ ޕްރޮފެޝަނަލް ޓްރެއިނިންގ ހަދާފައިވުން
|
ހުށަހަޅަންޖެހޭ ލިޔުންތައް |
|
ވަޒީފާއަށް އެންމެ ޤާބިލް މީހުން ހޮވުމުގައި އިސްކަންދޭނެ ކަންކަން |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 8 ފެބުރުވަރީ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ނޫނު އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ (އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯރމް އޮފީހަށް ލިބުނުތޯ ޔަޤީން ކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.) އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ޝޯޓް ލިސްޓް ކުރުމާއި އިންޓަރވިއު ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި ވަގުތު |
ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ މެދުގައި އިންޓަރވިއު އޮންނާނީ 13 ފެބުރުވަރީ 2022 އާ 17 ފެބުރުވަރީ 2022 އާ ދެމެދު، ނޫނު އަތޮޅު ކައުންސިލްގެ އިދާރާގައެވެ. ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަށް ހާޟިރުވާންޖެހޭ ގަޑި އެފަރާތްތަކަށް އެންގޭނެއެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560012 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
27 ޖުމާދަލްއާޚިރު 1443
30 ފެބުރުވަރީ 2022