ދިވެހިރާއްޖެ
ވ. އަތޮޅު ހޮސްޕިޓަލް
ވ. ފެލިދޫ / ދިވެހިރާއްޖެ
ނަންބަރު: (IUL)VAH/J5-HP/2022/1
އިޢުލާން
ވ. ރަކީދޫ ކައުންސިލް އިދާރާއިން ވ ރަކީދޫ ސިއްހީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 20 އޭޕްރީލް 2021 ގައި ކުރެވިފައިވާ ނަންބަރު: (IUL)VAH/J5-HP/2021/1 އިއުލާން ބާތިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީހްތަކުގައި ވ.އަތޮޅުހޮސްޕިޓަލަށް ނުވަތަ ވ. ރަކީދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރުން
03 ފެބްރުވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި
އަންދާސީ ހިސާބު ހުށަހެޅުން
14 ފެބްރުވަރީ 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި
މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ އެކަން ބަޔާންކޮށް ސިޓީ ހުށައަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށައެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
30 ޖަނަވަރީ 2022
އަޒުލީފު މޫސާ
މެނޭޖަރ ، ހެލްތު ސަރވިސަސް