ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

          މިއިދާރާގެ ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

          ވީމާ، މި އިދާރާގެ ލޯގޯ ފަރުމާކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2022 ފެބުރުވަރީ 17 ވާ ( ބުރާސްފަތި ) ދުވަހުގެ 14:00 ގެ ކުރިން ތިރީގައި މިދަންނަވާ ކަންކަމަށް ރިޢާޔަތް ކުރައްވައި، ލޯގޯ ފަރުމާ ކޮށްދެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ލޯގޯ ފޮނުއްވާނީ މިއިދާރާގެ [email protected] މެއިލަށެވެ. މި މަސައްކަތް ހިލޭ ސާބަހަށް ކޮށްދިނުމަށް ބައެއް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާތީ، މި މަސައްކަތްކުރުމަށް މި ހުޅުވާލަނީ ހިލޭ ސާބަހަށެވެ.

ލޯގޯގައި ހުންނަންވާނެ ބައިތައް:

  1. ލޯގޯ ހުންނަންވާނީ މިއިދާރާގެ ތީމު ކުލަ ކަމަށްވާ " ފެހި " ކުލައިގައެވެ. ( ފެހި ކުލަޔާއެކު އިތުރު ކުލަތަކެއް ބޭނުން ކުރެވިދާނެއެވެ.)
  2. ލޯގޯއިން ރަމްޒުކޮށް ދޭންވާނީ ހއ.އިހަވަންދޫގައި، ތާރީޚީ ނުވަތަ ޤަދީމީ ޒަމާނެއްގައި ބޭނުންކުރަމުންދިޔަ ނުވަތަ ބޭނުން ކޮށްފައިވާ ކޮންމެވެސް އެއްޗެއް ނުވަތަ ތާރީޚީ ތަރިކައެކެވެ. ނުވަތަ އިހަވަންދޫގެ އިޤްތިސާދީ މަސައްކަތްތެރިކަމާއި، ފަންނުވެރިކަން ދައްކުވައިދޭ ރަމްޒެއްވެސް ބޭނުންކުރެވިދާނެއެވެ.
  3. އެބޭފުޅަކު ތައްޔާރުކުރެއްވި ލޯގޯއާ ބެހޭ ގޮތުން ކުރު ތަޢާރަފެއް ދޭންވާނެއެވެ.
  4. ތައްޔާރު ކުރައްވާ ލޯގޯ އަކީ އެހާ ފާޅުކަން ބޮޑު ލޯގޯއަކަށް ވެގެން ނުވާނެއެވެ.
  5. ލޯގޯ އަކީ ރަމްޒީ އެއްޗަކަށްވާތީ، ލޯގޯ ފަރުމާ ކުރެވިފައި ހުންނަންވާނީ ވީހާވެސް ފަސޭހައިން ކޮން އެއްޗެއްކަން ދެނެގަނެވޭނެ ގޮތަކަށެވެ.
  6. ލޯގޯ ގައި " އިހަވަންދޫ ކައުންސިލް " މިގޮތަށް ލިޔަންވާނެއެވެ.

          މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

30 ޖަނަވަރީ 2022
ހޯދާ