އިޢުލާން
|
ތާރީޚް:
|
27 ޖެނުއަރީ 2022
|
ނަންބަރު:
|
(IUL)401-E/401/2022/47
|
24 ޖުމާދުލްއާޚިރާ 1443
|
އިޢުލާނުގެ ވަނަ:
|
1
|
ފިނިބުއިމާއި ލުއިކާނާ ވިއްކުމަށް 02 ބިން ކުއްޔަށް ދޫކުރުން
|
|
ފިނިބުއިމާއި ލުއިކާނާ ވިއްކުމުގެ ވިޔަފާރިކުރުމަށް ލ. ފޮނަދޫ އިން 02 ބިމެއް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ގަސްދުކުރަމެވެ. ވީމާ، މި މަސައްކަތް ކުރުމަށްޓަކައި ބިންކުއްޔަށް ހިފުމަށް ސައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތަފްޞީލް:
1- ކުރިގަމު ޕާކު ހުޅަނގުދެކުނު ކަންމަތިން 336 އަކަފޫޓް ގެ ބިން
2- މެދުއަވަށު ކުޅޭބިމުގެ ހުޅަނގުއުތުރު ކަންމަތިން 1200 އަކަފޫޓް ގެ ބިން
|
ބީލަމުގައި ރަޖިސްޓްރީވުން
|
- ބިން ކުއްޔަށް ހިފުމަށް އެދި ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ފައިސާ ދައްކާ ފަރާތްތަކަށެވެ. ރަޖިސްޓަރީވުމަށްޓަކައި ދައްކަން ޖެހޭ ފައިސާގެ ޢަދަދަކީ ބިމަކަށް -/150ރ އެވެ.
- ރަޖިސްޓްރީ ވުމަށްޓަކައި ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ފައިސާ ޓްރާންސްފަރ ކުރި ސްލިޕްކޮޅާއެކު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
- ކުރިގަމު ޕާކު ސަރަހައްދު ބިމަށް ހުށަހެޅުމަށް ރަޖިސްޓަރީ ވުމަށް: https://bit.ly/3AxJNsQ
- މެދުއަވަށު ކުޅޭބިން ސަރަހައްދު ބިމަށް ހުށަހެޅުމަށް ރަޖިސްޓަރީ ވުމަށް: https://bit.ly/3g6bOy0
- ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވަނީ 07 ފެބުރުއަރީ 2022 (ހޯމަ)ދުވަހުގެ 14:00 އާއި ހަމައަށެވެ.
|
މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން
|
- މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- ބިން ކުއްޔަށްދިނުމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރަށް މަޢުލޫމާތު [email protected] އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.
|
ބީލަން ހުށަހެޅުން / ބީލަން ހުޅުވުން
|
- ބީލަން / ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ 17 ފެބުރުއަރީ 2022 (ބުރާސްފަތި) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ޕްރޮޕޯޒަލްތައް ބަލައި ނުގަނެވޭނެއެވެ.
- ޕްރޮޕޯޒަލް އާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
- ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 17 ފެބުރުއަރީ 2022 (ބުރާސްފަތި) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
|
|
|
|