ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
part time lecturers

                                            ނަމްބަރު: 153-FEST/IUL/2022/05       

އިޢުލާން                                 

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ

މާލެ، ދިވެހިރާއްޖެ

މިފެކަލްޓީން ހިންގާ ކޯސްތަކުގައި ކިޔަވައިދެއްވާނެ ޕާރޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

ބޭނުންވާ ދާއިރާ:

-  މެތެމެޓިކްސް ފޯ ސައިންޓިސްޓްސް

-  އިންޓްރޮޑަކްޝަން ޓު އަލްޖިބްރާ އެންޑް އެނަލިސިސް

-  ޑިފަރެންޝަލް އީކުއޭޝަން

ޝަރުތު:

މާއްދާ އާއި ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓާރސް ޑިގުރީ ހާސިލްކޮށްފައިވުން ނުވަތަ މާއްދާ އާއި ގުޅޭ ދާއިރާއިން ބެޗެލާރސް ޑިގްރީ ހާސިލްކޮށްފައިވުމާ އެކު ޓާރޝަރީ އިންސްޓިޓިއުޓެއްގައި ކިޔަވައިދިނުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މައްސޫލިއްޔަތު

ލެކްޗަރ ގަޑިތައް އަދި ޓިޔުޓޯރިއަލްގެ މާއްދާތަކުގެ އައުޓްލައިން އާއި އެއްގޮތްވާ ގޮތުގެމަތިން އެމާއްދާއެއްގެ ޓެސްޓުޕޭފަރ އެކުލަވާލާ، އެސައިންމަންޓް ތައްޔާރުކޮށް މާރކްކުރުމާއި ޓައިމް ޓޭބަލާއި އެއްގޮތަށް ކްލާސްތައް ބޭއްވުން.

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީ އާއި އެކު ހުށައަޅަންޖެހޭ ތަކެތި

1- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މަޢުލޫމާތު

- ކުލާސްތައް އޮންނާނީ ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ.

- މިމަޤާމްތަކަށް މީހުން ހޮވުމުގައި މިދާއިރާތަކުން ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- އިތުރު މަޢުލޫމާތު ބޭނުންފުޅު ނަމަ މިސެންޓަރުގެ ނަމްބަރު 3345444 ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި

1 ފެބްރުއަރީ   2022ވާ އަންގާރަ ދުވަހުގެ 2:00 ގެ ކުރިން އީމެއިލް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

     

30 ޖަނަވަރީ 2022                                       

30 ޖަނަވަރީ 2022
ހޯދާ