ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިޔަމި ކޯސް ލެވެލް (2) ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ނަންބަރު: (IUL)374-C/2022/03

އިޢުލާނު

ނިޔަމި ކޯސް ލެވެލް (2) ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

އެކަޑެމީ އޮފް އިންޓަނޭޝަނަލް މެރިޓައިމް އެންޑް މެނޭޖްމަންޓް ސްޓަޑީސްއާއި މިކައުންސިލާ ގުޅިގެން، ނިޔަމި ކޯހުގެ ލެވެލް (2) މިރަށުގައި ކުރިޔަށް ގެންދާ ގޮތަށް މިކައުންސިލުން ނިންމާފައިވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިކޯސް ކުރިޔަށްދާނީ، 2022 ފެބުރުވަރީ 10 ން ފެށިގެން 05 ދުވަހުގެ މުއްދަތަށެވެ. މިކޯހުގެ ފީއެއްގެ ގޮތުގައި ހަމަޖެހިފައިވަނީ، 1,800/- (އަށާރަސަތޭކަ) ރުފިޔާއެވެ. ކޯހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ، 2022 ފެބުރުވަރީ 08 ވަނަ ދުވަހުގެ 14:00 އެވެ. މިކޯސް ފުރިހަމަ ކުރައްވާ ފަރާތްތަކަށް ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް (02) ގެ ސެޓްފިކެޓް ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދި ރަސްމީގަޑީގައި ނިލަންދޫ ކައުންސިލަށް ގުޅުއްވައި ނަންނޯޓު ކުރެއްވުން އެދެމެވެ. މިކޯހާގުޅޭ އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ނިލަންދޫ ކައުންސިލްގެ ސީނިއަރ ކައުންސިލް އޮފިސަރ އަޙްމަދު ޝަރީފް (7905438) އާ ގުޅުއްވުން އެދެމެވެ.

23 ޖުމާދަލްއާޚިރާ 1443

26  ޖަނަވަރީ  2022

26 ޖަނަވަރީ 2022
ހޯދާ