ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ކައުންސިލުން ހިންގާ ޙިފްޟު ކިލާހުގައި ކިޔަވައިދިނުމުގެ ފުރުޞަތު ހުޅުވާލުން.

އިޢުލާނު

ތިނަދޫ ކައުންސިލުން ހިންގާ ޙިފްޟު ކިލާހުގައި ކިޔަވައިދިނުމުގެ ފުރުޞަތު ހުޅުވާލުން.

ތިނަދޫ ރައްޔިތުންގެ ތެރޭގައި ކީރިތި ޤުރުޢާން ހިތުން ކިޔަން ދަންނަ ޙާފިޟުން އުފެއްދުމުގެ މަޤްސަދުގައި ތިނަދޫ ކައުންސިލުގެ ފަރާތުން ހިންގާ ޙިފްޟު ކިލާހުގައި ކިޔަވައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:

ޙިފްޟު ކިލާހުގެ ދަރިވަރުންނަށް ކިޔަވައިދިނުން.

ޙިފްޟު ކިލާސް ހިންގުމަށް ތިނަދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ އިސް މުދައްރިސެއްގެ އިރުޝާދާއި އެއްގޮތަށް ދަރިވަރުންގެ ފިލާވަޅުތައް މުތާލިޔާ ކުރުމުގައި އެހީތެރިވުން.

މަސައްކަތްކުރުމަށް ބޭނުންވާ މީހުންގެ ޢަދަދު:

02 (ދޭއް)

މަސައްކަތުގެ ގިންތި:

ކޮންޓްރެކްޓް (މި މަސައްކަތަކީ ކޮންޓްރެކްޓް އުސޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ޕާޓްޓައިމް މަސައްކަތެކެވެ.)

މަސައްކަތްކުރަންޖެހޭ ގަޑިތައް:

ރަމަޟާންމަހު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ފަތިހު 05:30 އިން ހެނދުނު 07:30 އަށް

ރަމަޟާންމަސްފިޔަވައި އެހެން މަސްމަހު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ފަތިހު 05:30 އިން ހެނދުނު 06:30 އަށް

މަސަކަތްކޮށްދޭން އެދޭ ފަރާތުގެ ޝަރުޠު:

ޤިރާޢަތު ލެވެލް 3 ގެ ސެޓްފިކެޓް އޮތުން                                                   

މަސައްކަތް ކޮށްދޭން ހުށަހަޅާ ފަރާތެއްގެ ކިބައިގައި ހުންނަ ބޭނުންވާ ހުނަރު:

  1. އަމިއްލަ އިސްނެގުމާއެކު ދަރިވަރުންނަށް ކިޔަވައިދިމުގެ ޝައުޤުވެރިކަން ހުރުމާއެކު ކިލާސް ރާވައި ހިންގަން އެނގުން.
  2. މަސައްކަތުގައި އުޅެވޭނެ ފަދަ ރަނގަޅު ޞައްޙަތެއް ހުރުން.

މި މަސައްކަތް ޙަވާލުކުރާނެ ފަރާތް ކަނޑައެޅުމުގައި ޢަމަކު ކުރުމަށް ހަމަޖެހިފައިވާ ގޮތް:

މި މަސައްކަތް ކޮށްދޭނެ ފަރާތްތައް ކަނޑައަޅާނީ މަސައްކަތާއި ގުޅޭގޮތުން ދެވޭ އިމްތިޙާނަކާއި މަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތުން ހުށަހަޅާ ޕްރެސެންޓޭޝަނަށް ބެލުމަށްފަހު، ތިރީގައިވާ ކުރައިޓީރިއާތަކަށް ޕޮއިންޓްދީގެންނެވެ.

  • އިމްތިޙާން 25%
  • ޕްރެސެންޓޭޝަން އަދި އިންޓަވިއު 55%
  • މަސައްކަތުގެ އަގު 20%

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅާ ސިޓީ
  2. މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ އަގު ނުވަތަ ކޯޓޭޝަން
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ސުންގަޑި:

03 ފެބްރުވަރީ 2022 ގެ 13:00

 

ވީމާ، މިމަސައްކަތް ޕާރޓްޓައިމް މަސައްކަތެއްގެ ގޮތުގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަން ދެވޭނެއެވެ. މި މަސައްކަތަށް 2 ފަރާތެއް ޢައްޔަނުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކުސް ލިބިވަޑައިގަންނަވާ ދެ ފަރާތް ޢައްޔަން ކުރެވޭނެއެވެ.

24 ޖަނަވަރީ 2022
ހޯދާ