ދިވެހިރާއްޖެ
ނަންބަރު: (IUL)374-C/2022/02
އިޢުލާނު
2 ނަންބަރު ރުއްގަނޑު ކުއްޔަށް ދޫކުރުން
މިކައުންސިލްގެ 2 (ދޭއް) ނަންބަރު ރުއްގަނޑު (ޒިޔާރަތްމަގާއި، އަމީނީ މަގާއި ދެމެދުގައިވާ ރުއްތަކާއި، ކުޑަކުދިންގެ ޕާކުގައިވާ ފޯދުނު 73 ރުކާއި ނުފޯދޭ 1 ރުއް) 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ނިންމައިފީމެވެ. މިރުއްގަނޑު ކުއްޔަށް ހިފުމަށް ހުށަހެޅޭނެ އެންމެ ކުޑައަގަކީ، މަހަކަށް -/800 (އަށްސަތޭކަ) ރުފިޔާ އެވެ. އަދި މިރުއްގަނޑު ކުއްޔަށް ދޫކުރާނީ އެންމެ މަތިން މާކްސް ލިބޭފަރާތަކަށެވެ.
މިރުއްގަނޑާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން، 2022 ޖަނަވަރީ 30 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.
ވީމާ، މިރުއްގަނޑު ކުއްޔަށް ނަންގަވަން ބޭނުންފުޅުވާ ބޭފުޅުން "ނިލަންދޫ ކައުންސިލްގެ 2 (ދޭއް) ނަންބަރު ރުއްގަނޑު ކުއްޔަށް ހިފުމަށް އެދި ހުށަހަޅާފޯމް" ފުރިހަމަ ކުރައްވައި، 2022 ފެބުރުވަރީ 06 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ފޯމްތައް ބަލައެއް ނުގަނެވޭނެއެވެ.
ރުއްގަނޑު ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތު ކަރުދާހާއި ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމު މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިޔުންތައް ނެގެން ހުންނާނެއެވެ. މިއިދާރާގެ ފޭސްބުކް ޕޭޖުގެ އެޑްރެހަކީ، (fbid: faafu nilandhoo council idhaaraa) އެވެ. ވެބްސައިޓް އެޑްރެސް މި ކަރުދާހުގެ ތިރީބައިގައި ލިޔެފައިވާނެއެވެ.
21 ޖުމާދަލްއާޚިރާ 1443
24 ޖަނަވަރީ 2022