ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށްވެހިގެ އަދި ކުރިމަގު ކުއްޔަށް ދިނުން

                                                                      އިޢުލާނު ނަންބަރު: (IUL)391-F1/391/2022/4

އިޢުލާނު

ކޮޅުމަޑުލު ތިމަރަފުށީ ރައްޔިތުންގެ ދެ ޢިމާރާތް ކުއްޔަށް ދިނުން

ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ ބެލެހެއްޓުމުގެ ދަށުގައިވާ ތިރީގައި މިދަންނަވާ 02 އިމާރާތް ދިގުމުއްދަތަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

#

ކުއްޔަށް ދޫކުރާތަނުގެ ނަން

ހުށަހެޅޭނޭ އެންމެ ކުޑައަގު

ކުއްޔަށް ދޫކުރާ ތަނުގެ ބޮޑުމިން (އަކަފޫޓުން)

1

ރަށްވެހިގެ

-/5000 ރުފިޔާ

7215

2

ކުރިމަގު

-/5000 ރުފިޔާ

5916.75

ބިޑުގައި ބައިވެރިވުމަށް ރެޖިސްޓަރވުން

ބީލަމުގައި ބައިވެރިވުމަށް  އެދޭ ފަރާތްތަކުން ބީލަމުގައި ރެޖިސްޓަރ ވުމަށް 6 ފެބުރުއަރީ 2022 (އާދިއްތަ) ދުވަހުގެ 13:00 ގެ ކުރިން ތިރީގައި މިދަންނަވާ މަޢުލޫމާތު މިއިދާރާގެ އީމެއިލް އެޑްރެހަށް ([email protected])     މެއިލްކޮށް ދެއްވުން އެދެމެވެ. ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ ބީލަން ބަލައި ނުގައިންނާނެ ވާހަކަ ދަންނަވަމެވެ.

  • ވިޔަފާރީގެ ނަން
  • ވިޔަފާރި ރަޖިސްޓްރީ ނަންބަރު
  • ވެރިފަރާތުގެ ނަން
  • ވެރިފަރާތާއި ގުޅޭނެ ނަންބަރު
  • އީމެއިލް އެޑްރެސް

ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން

މިބީލަމާއި ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ އީމެއިލް ކުރައްވާނީ 6 ފެބުރުއަރީ 2022 ވާ އާދިއްތަ ދުވަހުގެ 13:00 ކުރިން މަތީގައި ދެންނެވިފައިވާ އީމެއިލް އެޑްރެހަށެވެ.  މިއީމެއިލްއަށް ފޮނުވޭ ސުވާލުތަކަށް 7 ފެބުރުއަރީ 2022 ވާ ހޯމަ ދުވަހުގެ 14:00 ކުރިން އީމެއިލްގެ ޒަރީޢާއިން ޖަވާބުދެވޭނެއެވެ.

 

ބީލަން ބަލައިގަތުން އަދި ހުޅުވުން

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 13 ފެބުރުއަރީ 2022 ވާ އާދިއްތަދުވަހުގެ 10:55 އެވެ. ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔުންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަން ވާނެއެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުޅުވުން އޮންނާނީ 13 ފެބުރުއަރީ 2022 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.

27 ޖެނުއަރީ 2022

27 ޖަނަވަރީ 2022
ހޯދާ