ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު ލައިސަންސް ޓްރެކެއް ހެދުމާއި ގުޅޭ

     މިރަށުގައި އެއްގަމު ލައިސަންސް ނެގުމަށް ޓްރެކެއް ހެދުމަށް ބޭނުންވެއްޖެއެވެ.

     ވީމާ، އެ މަސައްކަތް ކޮއްދެއްވުމަށް ޝައުޤުވެރިވާ ފާރާތްތަކުން 06 ފެބުރުވަރީ 2022 ވާ އާދިއްތަ ދުވަހުގެ 13:15 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 14 ފެބުރުވަރީ 2022 ވާ ހޯމަ ދުވަހުގެ 13:15 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

     މައުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް އެއްގަމު ލައިސަންސް ޓްރެކް ހެދުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތައް ލިޔުއްވައިފައެވެ.

     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

27 ޖަނަވަރީ 2022
ހޯދާ