އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫސިޓީ ހުޅުދޫއިން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

 

އައްޑޫސިޓީ ހުޅުދޫއިން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

 

           ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެދަށުން އައްޑޫސިޓީ ހުޅުދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 48 ފްލެޓްގެތެރެއިން  A,B ކެޓަގަރީގައި ހިމެނޭ  37 ފްލެޓަށް އެދުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. ކޮންމެ ކެޓަގަރީއަކުން ދޫކުރެވޭނެ ފްލެޓްގެ ޢަދަދު ތިރީގައި މިވަނީއެވެ.

ކެޓަގަރީ

ޚާއްޞަކުރެވޭ ރަށް / އަވަށް

ފްލެޓްގެ ޢަދަދު

A

ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް

27

B

ހުޅުދޫ އަދި މީދޫގައި މިހާރު ދިރިއުޅޭ ރަށުން ބޭރުގެ ފަރާތްތަކާއި ހުޅުދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ މީހުންނަށް

10

 

           މި ފްލެޓްތައް ދޫކުރުމުގައި ޢަމަލުކުރާނެ އުޞޫލު އަދި ފްލެޓްގެ ފްލޯރ ޕްލޭން ހިމެނޭ ކުރެހުން މި އިޢުލާނާއެކު ޢާންމުކުރެވިފައިވާނެއެވެ.

           ވީމާ، ފްލެޓަށް އެދޭ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތަކާއެކު،  27 ފެބުރުވަރީ 2022 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ.

 

           ފޯމު ދޫކޮށް ބަލައިގަންނާނީ ހުޅުދޫ އަދި މީދޫ އަވަށު އޮފީހުންނެވެ. އޮފީހުގެ ކައުންޓަރުން ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 ން 14:00 އަށެވެ. ތިރީގައި މިވާ އީމެއިލް މެދުވެރިކޮށް، އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީޑީއެފް ފޯމެޓްގައި ހުށަހަޅުއްވާ ފޯމުތައްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާ ފޯމުތައް ލިބުނުކަން ކަށަވަރުކުރުމަކީ ހުށަހަޅުއްވާ ފަރާތެއްގެ ޒިންމާއެކެވެ.   

            މިކަމަށް އެދޭ ފޯމު ހުޅުދޫ އަދި މީދޫ އަވަށު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓް www.adducity.gov.mvއިން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.  

  • އީމެއިލް އެޑްރެސް: [email protected]
  • ·         އިތުރު މަޢުލޫމާތު: 7789046 /  6894655

 

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

 

23 ޖުމާދަލްއާޚިރާ 1443

26 ޖަނަވަރީ  2022

27 ޖަނަވަރީ 2022
ހޯދާ