ދިވެހިރާއްޖެ
މި މިނިސްޓްރީގެ ބޭނުމަށް ފައިލިން ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)30-C/30/2022/21 އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ކަނޑައެޅިފައިވާ ބަޖެޓަށް ވުރެ ބޮޑުވުމުން، މި މަސައްކަތަށް ހުށަހެޅުމުގެ ފުރުސަތު ހުރިހާ ފަރާތަކަށް ކުރިމަތި ލެވޭގޮތަށް އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 ފެބްރުއަރީ 2022 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339251އަދި 3339282 ،333239 ނަންބަރު ފޯނަށެވެ.