ދިވެހިރާއްޖެ
ސުރުޙީގައި ދަންނަވާފައިވާ މަސައްކަތް ކޮށްދިނުމަށް މި ސަރވިސްގެ ނަންބަރު: (IUL)167-PR/167/2021/87 އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅާފައިވާ ފަރާތް ތަކުގެ ތެރެއިން، މި މަސައްކަތް ކުރުމަށް ތިރީގައި ދެންނެވިފައިވާ ފަރާތައް ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މި ސަރވިސްގެ 2022 ވަނަ އަހަރުގެ ބިޑް ކޮމެޓީގެ 3 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،
- ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވި ދާނެއެވެ. އަދި،
- މި ބީލަން، އެހެން ފަރާތާކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.
މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.
1. ބީލަން ޙަވާލުކުރަން ނިންމާފައިވާ ފަރާތް:
ކުންފުނީގެ ނަން:- |
ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް |
ހުށަހަޅާފައިވާ އަގު:- |
126,516.57 ރ |
ހުށަހަޅާފައިވާ މުއްދަތު:- |
10 ދުވަސް |
2. ބީލަން ހުށަހަޅާފައިވާ އެހެނިހެން ފަރާތްތައް:
ކުންފުނީގެ ނަން:- |
ހެވީ ޕްރޯ |
ހުށަހަޅާފައިވާ އަގު:- |
166,974.24 ރ |
ހުށަހަޅާފައިވާ މުއްދަތު:- |
3 ދުވަސް |
ބީލަން ކާމިޔާބު ނުވި ސަބަބު:- |
މި މަސައްކަތް ހަވާލު ކުރަން ނިންމާފައިވަނީ އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިވެލުއޭޝަންގައި އެންމެ މަތީ މާރކްސް ހޯދާފައިވާ ފަރާތަށެވެ. |
ކުންފުނީގެ ނަން:- |
ކުއިކް އެން ޗިކް އިންވެސްޓްމެންޓް |
ހުށަހަޅާފައިވާ އަގު:- |
138,703.12 ރ |
ހުށަހަޅާފައިވާ މުއްދަތު:- |
01 ދުވަސް |
ބީލަން ކާމިޔާބު ނުވި ސަބަބު:- |
މަޢުލޫމާތު ކަރުދާހުގެ ޖަދުވަލު 1 ގައިވާ ލިސްޓާ ދިމާނުވާތީ އިވެލުއޭޓް ނުކުރެއެވެ. |
ކުންފުނީގެ ނަން:- |
އެލް.އެމް.އޭ އިންވެސްޓްމެންޓް |
ހުށަހަޅާފައިވާ އަގު:- |
146,990.54ރ |
ހުށަހަޅާފައިވާ މުއްދަތު:- |
1 ދުވަސް |
ބީލަން ކާމިޔާބު ނުވި ސަބަބު:- |
މަޢުލޫމާތު ކަރުދާހުގެ ޖަދުވަލު 1 ގައިވާ ލިސްޓާ ދިމާނުވާތީ އިވެލުއޭޓް ނުކުރެއެވެ. |
ކުންފުނީގެ ނަން:- |
މާސްޓަރ މައިންޑް އިންވެސްޓްމެންޓް |
ހުށަހަޅާފައިވާ އަގު:- |
145,723.50 ރ |
ހުށަހަޅާފައިވާ މުއްދަތު:- |
5 ދުވަސް |
ބީލަން ކާމިޔާބު ނުވި ސަބަބު:- |
މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާން ކޮށްފައިވާ ލިޔުންތައް ހަމަނުވާތީ އިވެލުއޭޓް ނުކުރެއެވެ. |
ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާއެއް ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީހަކީ 2022 ފެބުރުއަރީ 02 ވަނަ ދުވަހެވެ. މި ތާރީހައް ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އިގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، މި ސަރވިސްއަށް އެޑްރެސް ކުރުމަށްފަހު ހުށަހަޅަންވާނެއެވެ.
އީ.މެއިލް :[email protected]
ސެކްޝަން :-Procurement section
ފޯން ނަންބަރު :-3026124 , 3026133