ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސްކޫލް ކެންޓީން ކުއްޔަށް ހިންގުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުން

އިޢުލާން ނަންބަރ:GS-26/IUL/2022/08   

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި ސްކޫލުގެ ކެންޓީން ކުއްޔަށް ހިންގުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS-26/IUL/2021/31 (30 އޮގަސްޓް 2021) ނަންބަރު އިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުއްވި ފަރާތަކުން ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، ބީލަންތައް ބާތިލްކޮށް 03 ވަނަ ފަހަރަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 27 ޖަނަވަރީ 2022 އިން 06 ފެބުރުވަރީ 2022 އަށް (ސަރުކާރު ބަންދު ދުވަސް ފިޔަވައި) ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް މި ސްކޫލަށް ދުރުވެ ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.

-          އީމެއިލް އިން ނަންނޯޓް ކުރައްވާ ފަރާތްތަކުން ސަބްޖެކްޓްގައި އިޢުލާން ނަންބަރ ޖެއްސެވުމަށްފަހު މެއިލްގައި ބިޑް ހުށަހަޅާ ފަރާތުގެ/ކުންފުނީގެ ނަން، ފޯން ނަންބަރ، އީމެއިލް އެޑްރެސް ލިޔުއްވުމަށްފަހު މި ބިޑްގައި ބައިވެރިވާން އެދޭކަން ލިޔުއްވުން އެދެމެވެ.   

  1. 4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 06 ފެބުރުވަރީ 2022 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  2. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 07 ފެބުރުވަރީ 2022 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
  3. ބިޑް ހުޅުވުން އޮންނާނީ 14 ފެބުރވަރީ 2022 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

ނޯޓް: ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގދ. އަތޮޅު ތަޢުލީމީމަރުކަޒު

ގދ. ތިނަދޫ

ފޯން: 6840021

އީ-މެއިލް: [email protected]

23 ޖުމާދަލް އާޙިރާ 1443

26 ޖަނަވަރީ   2021              

26 ޖަނަވަރީ 2022
ހޯދާ