ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ 2021 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ދަޢުވަތު

    ދިވެހިރާއްޖޭގޭ ބާ ކައުންސިލުގެ 2021 ވަނަ އަހަރު އަހަރީ ޢާންމު ޖަލްސާ، 9 ފެބުރުވަރީ 2022 ވާ ބުދަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާކަން ބާ ކައުންސިލުގެ އެންމެހާ މެންބަރުންނަށް އަންގައި، މި ޖަލްސާގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ.  

އަހަރީ ޢާންމު ޖަލްސާއަށް ރަޖިސްޓަރކުރެއްވުމަށް ތިރީގައިވާ ގޫގުލް ފޯމް ލިންކު ބޭނުންކުރެއްވުން އެދެމެވެ.

https://bit.ly/3nTUWz8

އަދި ޖަލްސާގެ އެޖެންޑާގައި ޢާންމު މެމްބަރުން ހިމަނަން ބޭނުންވާ ކަންކަން 5 ފެބުރުވަރީ 2022 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ތިރީގައިވާ އީ-މެއިލް މެދުވެރިކުރައްވައި، ބާ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

[email protected]

މި ޖަލްސާގެ އެޖެންޑާ މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި އަހަރީ އާންމު ޖަލްސާއާގުޅޭ އަންނަނިވި ލިޔެކިޔުންތައް، ތިރީގައިވާ ބާ ކައުންސިލުގެ ވެބްސައިޓު ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

   1) ބާ ކައުންސިލުގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ

   2) ބާ ކައުންސިލުގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް

   3) ބާ ކައުންސިލުގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް

   4) ބާ ކައުންސިލުގެ 2022 ވަނަ އަހަރުގެ އެނުއަލް ވަރކް ޕްލޭން

https://maldivesbarcouncil.org/agm/ 

25 ޖަނަވަރީ 2022
ހޯދާ