މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ހިއުމަން ރިސޯސް އޮފިސަރ (އެމް.އެސް 1) އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޖީ.އެސް 3)

އިޢުލާން

މި މިނިސްޓްރީގެ ތިރީގައި މިވާ މަޤާމްތަކަށް އިޢުލާން ކުރަމެވެ.   

01. މަގާމް

ހިއުމަން ރިސޯސް އޮފިސަރ

މަޤާމް ނަމްބަރު:

J-321705

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހިއުމަން ރިސޯސް ޔުނިޓް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލެވަންސް:

1. ސަޕޯޓިންގ ކޯ އެލަވަންސް 2: -/700 ރުފިޔާ

2. ސްޕެޝަލް ޑިއުޓީ އެލަވަންސް : އަސާސީ މުސާރައިގެ %35

3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 1. މުސާރަ ޖެނެރޭޓް ކުރުމަށްޓަކައި ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
 2. މުސާރަ ސްލިޕް މުވައްޒަފުންނާއި ޙަވާލުކުރުމާއި މުސާރައާއި ބެހޭ ހުރިހާ ޑޮކިއުމަންޓްތައް ކޮންމެ މަހަކު މުސާރަ ނިމުމުން އަޕްޑޭޓްކޮށް ފައިލްކުރުން
 3. ހިއުމަން ރިސޯސް ސޮފްޓްވެއަރ އަޕްޑޭޓް ކޮށް ބެލެހެއްޓުމާއި ހާޟިރީއާއި އޯވަރޓައިމްތައް ޗެކްކޮށް އެޕްރޫވްކުރުން އަދި SAP އަށް އަޅަންޖެހޭ ޑޭޓާތައް އެޅުމާއި ދުވަހުން ދުވަހަށް ހާޒިރީ ބެލެހެއްޓުމާއި އަޕްޑޭޓްކުރުމުގެ މަސައްކަތްތައް ކުރުން
 4. ހިއުމަން ރިސޯސް ސޮފްޓްވެއަރގެ ޑާޓާ އެންޓްރީގެ މަސައްކަތްތައް ކުރުން
 5. މުވައްޒަފުންގެ ސަލާމާއި، އާއިލީ ޒިންމާ އަދި އަހަރީ ޗުއްޓީގެ އިތުރުން އެހެނިހެން ޗުއްޓީގެ މަސައްކަތްތައް ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތަށް ކުރުން
 6. މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ސިވިލް ސަރވިސްގެ ޤާވާއިދާއި އެއްގޮތަށް ބެލެހެއްޓުމާއި މުވައްޒަފުންނާބެހޭގޮތުން އަމަލުކުރަމުންދާ ލިޔެކިޔުންތައް ރައްކާކޮށް ބެލެހެއްޓުމާއި ސިއްރު ހިފެހެއްޓުމުގެ ކަންތައްތައް ކުރުން
 7. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގެ މުވައްޒަފުންގެ ޕަރފޯމަންސް އެޕްރެއިޒަލްގެ އެންމެހާ މަސައްކަތްތައް ކުރުން
 8. ސީ.އެސް.ވިއުގައިން އީ-ޕާރފޯމަންސް މެނޭޖްމަންޓް ސިސްޓަމުން އަޕްޑޭޓްކުރަންޖެހޭ ޕާރފޯރމަންސް އެޕްރެއިސަލްއާއި ބެހޭ އެންމެހާ ކަންތައްތައް މުވައްޒަފުން ފުރިހަމަ ކުރަމުން ގެންދޭތޯ ބަލާ މޮނިޓަރ ކުރުން
 9. މުވައްޒަފުންނަށް ވަޒީފާ ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތަކާއި ވަޒިފާ ދޭ މުވައްޒަފުންގެ ކަންތައްތައް ސިވިލް ސަރވިސް ކޮމިޝަންގެ ޤަވާޢިދާ އެއްގޮތަށް ކުރުމާއި ލިއެކިއުންތައް ބެލެހެއްޓުން
 10. މުވައްޒަފުން ވަޒީފާއަށް ވެއްދުމަށްކުރެވޭ އިޢުލާނާއި އިންޓަރވިއުގެ ކަންތައްތައް ކުރުން
 11. މަޤާމް އުފެއްދުމާއި އުވާލުން، މުވައްޒަފުން ވަޒީފާ އަށް ވެއްދުމާއި ވަކި ކުރުން އަދި ބަދަލު ކުރުމުގެ މަސައްކަތްތައް ސިވިލް ސަރވިސް ގެ ޤަވާޢިދާއި އެއްގޮތަށް ވިއުގައި ގެ ތެރެއިން ކުރުން
 12. އަލަށް މިނިސްޓްރީއަށް ވައްދާ މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ތައްޔާރުކުރުމާއި ވަޒީފާގެ އެއްބަސްވުންތައް ތައްޔާރުކުރުން
 13. އަލަށް ވަޒީފާދޭ މުވައްޒަފުންގެ ސިސްޓަމް އެކްސެސްތައް ހޯދުމަށްކުރަންޖެހޭ މަސައްކަތްތަކާއި ސްޓާފް ކާޑް ހެދުމާއި އިންޑަކްޝަން ޕްރޮގްރާމްތައް އިންތިޒާމް ކުރުން
 14. މިނިސްޓްރީއަށް ވައްދާ ހުރިހާ ކޮންޓްރެކްޓް މުވައްޒަފުން ވެއްދުމާއި ވަކިކުރުމުގެ މަސައްކަތްތައް ކުރުން
 15. މުވައްޒަފުންގެ ރަޖިސްޓްރީ އަދި މަޤާމުތަކުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން
 16. ހުރިހާ މުވައްޒަފުންގެ ޢަމަލުތައް ސިވިލް ސަރވިސް ޤާނޫނުގެ ކޯޑް އޮފް ކޮންޑަކްޓާއެއްގޮތްވާގޮތުގެ މަތިން ބަލަހައްޓަމުން ގެންދިއުން
 17. މުވައްޒަފުންނަށް ރާއްޖޭންނާއި ރާއްޖޭން ބޭރުން ބޭނުންވާ ޓްރެއިނިންގތައް ކަނޑައެޅުމުގެ ކަންތައްތައް ހިންގުމާއި ޓްރެއިނިންގ ދެވޭނެގޮތްތައް ހޯދުމާއި ޓްރެއިނިންގތަކުގެ އިދާރީ މަސައްކަތްތައް ކުރުން
 18. މުވައްޒަފުންގެ މެދުގައި މަސައްކަތައް އަބަދުވެސް ޝަޢުޤުވެރިކަން އުފެއްދުމަށާއި ދެމެހެއްޓުމަށްޓަކައި އިޖްތިމާޢީ އެކިއެކި ޚަރަކާތްތައް އިންތިޒާމުކޮށް ހިންގުމުގެ ކަންތައްތަކުގައި އެހީތެރިވުން
 19. އެޗްއާރު އަށް އަންނަ ސިޓީތަކަށް ދުވަހުން ދުވަހަށް ޖަވާބު ދިނުމާއި ފައިލް ކުރުން އަދި އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

 

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 • ބިޒްނަސް އެޑްމިނިސްޓްރޭޝަން
 • ބިޒްނަސް މެނޭޖްމަންޓް
 • ހިޔުމަން ރިސޯސް މެނޭޖްމަންޓް
 • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

ޕްރިފަރޑް ޑިސިޕްލިން: ނެތް

 

ކޯ ޑިސިޕްލިން: ހިޔުމަން ރިސޯސް މެނޭޖްމަންޓް

 

ނޯޓް: ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ ، އެ ފަރާތަކަށް ކްރައިޓީރިއާ ގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

 • ހިއުމަން ރިސޯސް

02. މަގާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް ނަމްބަރު:

J-321679

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3   

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އެޑްމިނިސްޓްރޭޓިވް ސަޕޯރޓް ޔުނިޓް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

އެހެނިހެން އެލެވަންސް:

1. ސަޕޯޓިންގ ކޯ އެލަވަންސް 2: -/700 ރުފިޔާ

2. ސްޕެޝަލް ޑިއުޓީ އެލަވަންސް : އަސާސީ މުސާރައިގެ %35

3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 1. މިނިސްޓްރީގެ އޮފީސްތަކުގެ މެއިންޓެނަންސް އާއި ގުޅިގެން މިނިސްޓްރީ ހިންގާ ހުރިހާ އޮފީހެއްގެ ތަންތަން ބަލައި، ހުރި މައްސަލަތައް ނޯޓުކޮށް ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ ދަށުން މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
 2. މިނިސްޓްރީގެ މަސައްކަތްތަކަށް ގަންނަ ހަރުމުދާ (ޕްރިންޓަރ/ފޮޓޯކޮޕީ މެޝިން، އޭސީ ފަދަ ތަކެތި) ގިނަދުވަހަށް ދެމެހެއްޓުމަށްޓަކައި މިތަކެތި ދެމެހެއްޓެނިވި ގޮތެއްގައި ސަރވިސް ކުރުވުމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
 3. މިނިސްޓްރިގެ ކަސްޓަމަރުންނަށް ޚިދުމަތް ދޭ އޮފީސްތަކުގައި ބެހެއްޓިފައިވާ ކޮމްޕިއުޓަރ ސިސްޓަމްތަކާއި، ކިޔު ސިސްޓަމް އަދި ޕްރިންޓިންގ ރަގަޅުތޯ ކަށަވަރުކޮށް އަދި މިއިން އެއްވެސް ކަމެއްގައި މައްސަލައެއް އުޅޭނަމަ ސުޕަވައިޒަރުގެ ސަމާލުކަމަށްގެނެސް އައި.ޓީ ސެކްޝަނާއި ގުޅިގެން އެކަން ހައްލުކުރުން
 4. މިނިސްޓްރީގެ އޮފީސްތަކުގެ މަރާމާތުތައް ދެނެގަތުމާއި މަރާމާތުކުރުމުގެ މަސައްކަތްތަކާއި އެއަރކޯންތަކާއި އެހެނިހެންވެސް މަރާމާތުތައް ކުރުމަށްޓަކައި މިޚިދުމަތްތައް ދޭ ފަރާތްތަކާއި ގުޅާ ހޯދަންޖެހޭ ކޯޓޭޝަންތައް ހޯދުމާއި މިކަންތައްތައް ހައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
 5. މިނިސްޓަރ ނުވަތަ އެނޫންވެސް ބޭފުޅަކު ރިސީވްކުރުމަށް ނުވަތަ ފުރުވުމަށް އެއަރޕޯޓަށް ދާންޖެހޭ ހާލަތްތަކުގައި އެއަރޕޯޓަށް ދިއުމާއި ފުރުވުމާއި ރިސީވްކުރުމުގެ އިންތިޒާމު ހަމަޖެއްސުން
 6. މިނިސްޓްރީ އިން ބާއްވާ އެކިއެކި އިވެންޓްސް އިންތިޒާމްކުރުމަށް ބޭނުންވާ ހުރިހާ މަސައްކަތްތަކެއް ކުރުމާއި މިކަމާއި ގުޅިގެން ކުރަންޖެހޭ ލޮޖިސްޓިކްސް މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ އެކަންތައްތައް ސުޕަވައިޒަރގެ އިރުޝާދުގެ ދަށުން އިންތިޒާމް ކުރުން
 7. ނައްތާލަންޖެހޭ ތަކެއްޗާއި ނީލަމަށް ފޮނުވަންޖެހޭ ތަކެތީގެ ކަންތައްތައް ޕްރޮކިއުމަންޓްގެ މަސައްކަތް ޙަވާލުކުރެވިފައިވާ މުވައްޒަފުންނާއިއެކު ކޯޑިނޭޓް ކޮށްގެން ޤަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށް ކުރުން
 8. މިނިސްޓްރީގެ ގުދަނުގެ މެއިންޓެނަންސް ކަންތައްތައް ބެލެހެއްޓުން
 9. ގުދަނަށް ގެންދަން އެކި ސެކްޝަންތަކުން ޙަވާލުކުރާ ތަކެތި ގެންގޮސް ގުދަނުގެ ކަޑައެޅިފައިވާ ތަނުގައި ތަރުތީބުކޮށް ބެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން
 10. އަދި ގުދަނަށް ގެންދާ ލިޔެކިޔުންތަކުގެ ލިސްޓް އަޕްޑޭޓް ކުރާ މުވައްޒަފު ނެތް ޙާލަތުގައި ލިސްޓް އަޕްޑޭޓް ކުރުން
 11. އެކިއެކި ޚިދުމަތާއި ތަކެއްޗަށް އެދެން ބޭނުންވާ ރިކުއެސްޓްތައް ހެދުން
 12. އަލަށް މުވައްޒަފަކު ވަނުމުން އެމުވައްޒަފަކަށް ކަޑައަޅާ ވާރކް ސްޓޭޝަންގެ ސެޓްއަޕަށް ބޭނުންވާ ތަކެތި ހަމަކޮށްދީ ވާރކް ސްޓޭޝަން ހަމަޖެއްސުމުގެ ކަންތައްތައް ސުޕަވައިޒަރގެ އިއރުޝާދުގެ ދަށުން ކުރުން
 13. މުވައްޒަފުންގެ މަސައްކަތުގެ މާޙައުލު އެވަގުތަކަށް ހަމަޖައްސައިދެވެން އޮތް އެންމެ ރަނގަޅަށް ހަމަޖައްސައިދިނުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ހޯދަން ޖެހޭ ތަކެތިހޯދުމުގެ މަސައްކަތް ސުޕަވައިޒަރގެ އިރުޝާދުގެ ދަށުން ކުރުން
 14. މިނިސްޓްރީގެ އެކިއެކި ބޭނުމަށް ކުރަންޖެހޭ ދަތުރުތަކުގެ ލޮޖިސްޓިކްސް ހުރިހާ މަސައްކަތެއް ކުރުން (ޑެޕިއުޓީ މިނިސްޓަރުންނާއި އޮފީހުގެ ސެކްޝަންތަކުގެ ވެރިންނާއި މުވައްޒަފުންގެ ރަސްމީ ދަތުރުތަކުގެ ވިސާ ނެގުން، ޓިކެޓް ބުކްކުރުން، ޓިކެޓާ އެލަވަންސް ހަމަޖެއްސުމަށް ބަޖެޓް ސެކްޝަނަށް ރިއުއެސްޓް ދިނުން، ދަތުރު ދާ ފަރާތްތައް ދާ ރަށެއްގައި ހުންނާނެތަން ހަމަޖެއްސުން، އަތޮޅު ތެރޭ ކުރާ ދަތުރުގެ ކަންތައް ހަމަޖެއްސުން ފަދަ ކަންތައްތައް ބަލަހައްޓާ ދަތުރަށް ބޭނުންވާ އެންމެހާ ކަންތައްތައް އިންތިޒާމް ކުރުން)
 15. މިނިސްޓްރީގެ އެޑްމިން ޑެސްކްއަށް ހަމަޖެހިފައިވާ "ޓޯކް ޓު" ޓިކެޓިންގ ސިސްޓަމް ކޮންމެ ދުވަހަކު ޗެކްކޮށް އެސައިން ވެފައިވާ ޓިކެޓްތަކަށް އެޓެންޑް ކުރުމާއި، ސްޓޭޓަސް އަޕްޑޭޓް ކޮށް މަސައްކަތް ނިމުމުން ޓިކެޓް ކްލޯސް ކުރުން.
 16. މިނިސްޓްރީގެ އިންފޮމޭޝަން ކައުންޓަރަށް ކަޑައަޅާފައިވާ ސްޓާފް ނެތް ޙާލަތްތަކުގައި އިންފޮރމޭޝަން ކައުންޓަރުގައި މަސައްކަތް ކުރުމާއި، މިނިސްޓްރީގެ ޖެނެރަލް ނަމްބަރަށް އަންނަ ފޯނަށް ޖަވާބު ދިނުމާއި ކައުންޓަރުގައި މަސައްކަތް ކުރާ ވަގުތުގައި މިނިސްޓްރީގެ އިންފޯ މެއިލަށް އަންނަ މެއިލްތައް ކަޑައެޅިފައިވާ ޓިކެޓިންގ ސިސްޓަމް މެދުވެރިކޮށް ކަމާއިބެހޭ ސެކްޝަންތަކަށް އޮންނަ ޕްރޮސީޖާއާއި އެއްގޮތަށް ފޯވާރޑްކުރުން

މަޤާމުގެ ޝަރުޠުތައް:

 

1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

 • އެޑްމިނިސްޓްރޭޝަން
 • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 ޖެނުއަރީ 2022 ވާ ހޯމަދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް (11 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ފޮނުއްވާނަމަ [email protected] އަށް އީ-މެއިލް ކުރުން އެދެމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

 

- މިމަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާން އޮންނާނީ، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  9603323668+ އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

25 ޖަނަވަރީ 2022
ހޯދާ