ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫގައި އުފެދޭ އަދި އުފައްދާ ކުނީގެ ބާވަތްތައް ކުނިކޮއްޓަށް ޖަމާކޮށް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

އިޢުލާން

      

ހަނިމާދޫގައި އުފެދޭ އަދި އުފައްދާ ކުނީގެބާވަތްތައް ނަގާ ކުނިކޮއްޓަށް ޖަމާކޮށް މެނޭޖުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

              ހަނިމާދޫގައި އުފެދޭ އަދި އުފައްދާ ކުނީގެ ބާވަތްތައް ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ކުނިކޮށްޓަށް ގެންގޮސް މެނޭޖުކުރާނެ ފަރާތެއް ހޯދަން 23 ޖަނަވަރީ 2022 ވަނަ ދުވަހު ކުރި މިކައުންސިލްގެ ނަންބަރު: (IUL)258/258/2022/3އިޢުލާނުގައިވާ  ބައެއް ތާރީޚްތަކަށް ބަދަލު އައިސްފައިވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތްތެއް ހޯދަން ބޭނުން ވެއްޖެއެވެ.

              ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން، 2022 ފެބުރުއަރީ 08 ވަނަ ދުވަހުގެ ހެނދުނު 11:30 އަށް  މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

              ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  2022  ފެބުރުއަރީ 15 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިއިދާރާގެ  ކޮންފަރެންސް ރޫމްގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ޖުމާދަލްއާޚިރު 1443

25  ޖަނަވަރީ  2022

25 ޖަނަވަރީ 2022
ހޯދާ