ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ޔޫތު ސެންޓަރުގެ އައުޓުޑޯ ޖިމް އިކްއިޕްމަންޓް ބެހެއްޓުމާއިގުޅޭ.

މި އިޢުލާންވަނީ 13 ފެބުރުވަރީ 2022 09:25 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

         

ހަނިމާދޫ ޔޫތު ސެންޓަރުގެ އައުޓުޑޯ ޖިމް އިކްއިޕްމަންޓް ބެހެއްޓުމާއިގުޅޭ.

              ހަނިމާދޫ ޔޫތު ސެންޓަރުގައި ތަރައްޤީ ކުރާ އައުޓުޑޯ ޖިމް އިކްއިޕްމަންޓް މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ބަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް 01 ޑިސެމްބަރ 2021 ވަނަ ދުވަހު ކުރި މިކައުންސިލްގެ ނަންބަރު: (IUL) 258/2021/91  އިޢުލާނަށް ހުށަހެޅި އަގުތަށް އެކަށީގެން ވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތްތެއް ހޯދަން ބޭނުން ވެއްޖެއެވެ.

              ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން، 2022 ފެބުރުއަރީ 07 ވަނަ ދުވަހުގެ ހެނދުނު 11:30 އަށް  މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

              ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  2022  ފެބުރުއަރީ 14 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިއިދާރާގެ  ކޮންފަރެންސް ރޫމްގައެވެ.

              މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

              ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

22 ޖުމާދަލްއާޚިރު 1443

25  ޖަނަވަރީ  2022

25 ޖަނަވަރީ 2022
ހޯދާ