ދިވެހިރާއްޖެ
މިކުންފުނީގެ ފަރާތުންދޭ ދޭ މަޢުލާމާތާއި އެއްގޮތްވާގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީ އިން ހދ.ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ފެން ކިއޮސްކް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އަދި ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެމް.ޑަބްލިޔު.އެސް.ސީ ގެ ވެބްސައިޓް https://www.mwsc.com.mv/Tenders/page/1 މެދުވެރިކޮށް މި ބީލަމުގެ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ފައިސާ ދެއްކެވޭނެއެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 200.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ25 ޖަނަވަރީ 2022 އިން 29 ޖަނަވަރީ 2022 އަށެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 31 ޖަނަވަރީ 2022 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ އަދި ހދ. ކުޅުދުއްފުށި ފުރަންޓު އޮފީހުގައެވެ.
ބިޑް ކުރިއަށް ގެންދާނެ ތާވަލް
ތަން |
ގަޑި |
ތާރީހް |
ތަފްސީލް |
ހދ. ކުޅުދުއްފުށި ފުރަންޓު އޮފީސް ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ (ސީ.އެސް ބިލްޑިންގ، 6 ވަނަ ފަންގިފިލާ) |
11:30 |
02 ފެބްރުއަރީ 2022 |
މައުލޫމާތު ސާފުކުރުން |
ހދ. ކުޅުދުއްފުށި ފުރަންޓު އޮފީސް ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ (ސީ.އެސް ބިލްޑިންގ، 6 ވަނަ ފަންގިފިލާ) |
11:30 |
07 ފެބްރުއަރީ 2022 |
އަގު ހުށައެޅުން |
ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް