ދިވެހިރާއްޖެ
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާފުށި ޖަލުގައި ބޭނުންކުރާ ޕްރިޒަން -02 ލޯންޗް މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު: (IUL)167-PR/167/2022/02 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަހާއި ގަޑިއަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
މައުލޫމާތު ސާފްކުރުން |
07 ފެބުރުވަރީ 2022 |
ހޯމަ |
12:00 |
އަންދާސީ ހިސާބު ހުށައެޅުން |
15 ފެބުރުވަރީ 2022 |
އަންގާރަ |
11:00 |